ރިސޯޓެއްގެ ސަޕްލައި ދޯންޏަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 44ސ
ރިސޯޓެއްގެ ސަޕްލައި ދޯންޏަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި
ބ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުންދާ ސަޕްލައި ދޯންޏަކުން އެރިސޯޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނު މީހަކު ހައްޔަރު ކޮށްފިއެވެ.

އެއަތޮޅު އޭދަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި މިއޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 27 އަހަރުގެ މީހެކެވެ.

މިމަހުގެ 7 ވަނަ ދުވަހުގެރޭ 21:10 ހާއިރު ހިންގި މިއޮޕަރޭޝަންގައި އެމީހާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުޖ ދީފައިވެއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބައްދާމެދު ގޮތެއް ނިންމުމަށް ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މިމައްސަލަ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިއަދު އޮންލައިން