13 ޖުލައިގެ ކުރިން ޕީޕީއެމުން ވަކިވާން އެދިފައިވާ ހުރިހާ މެންބަރުންގެ ގޮނޑި ވެސް އަނބުރާ ލިބޭނެ: ޙިސާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
13 ޖުލައިގެ ކުރިން ޕީޕީއެމުން ވަކިވާން އެދިފައިވާ ހުރިހާ މެންބަރުންގެ ގޮނޑި ވެސް އަނބުރާ ލިބޭނެ: ޙިސާން
13 ޖުލައި 2017 ގެ ކުރިން ޕީޕީއެމުން ވަކިވާން އެދިފައިވާ ހުރިހާ މެންބަރުންގެ ގޮނޑި ވެސް އަނބުރާ ލިބޭނެކަން ސްޕްރީމް ކޯޓުން އިއްވި ޙުކުމްތަކުން އެނގިގެން ހިނގައްޖެ ކަމަށް ޤާނޫނީ ވަކީލް ޙީސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ޙިސާން މިއަދު ވިދާޅުވީ ގޮނޑި ގެއްލުމުގެ މައްސަލައިގައި ސްޕްރީމްކޯޓުން ގޮތެއް ފުރަތަމަ ނިންމާފައިވަނީވެސް 13 ޖުލައިގައި ކަމާއި އެއިގެ ކުރިން ޕީޕީއެމުން ވަކިވާން އެދި ހުށަހަޅާފައިވާ މެންބަރުންނާއިމެދު 13 ޖުލައިގައި ނިންމި ނިންމުމުގެދަށުން އެއްވެސް ފިޔަވަޅެއް ނުއެޅޭނެކަން ހުކުމްތަކުން ވަރަށް ސާފު ކަމަށެވެ.

ހިސާން ވިދާޅުވީ 12 މެންބަރުންނާއިމެދު އަމަލުކޮށްފައިވަނީ ޤާނޫނު އަސާސީގެ އިންތަކުން ބޭރުން ކަމަށެވެ. އެކަންކަން ދައުލަތުގެ ފަރާތުން ކޮށްފައިވަނީ ޤަޞްދުގައި ކަމަށާއި އެހެންކަމުން 14 މަސްދުވަސް ވަންދެން މެންބަރުންނާއިމެދު ޤާނޫނު އަސާސީން ބޭރުން ކޮށްފައިވާ ގޯނާތަކާއި ދީފައިވާ ގެއްލުންތަކުގެ މައްސަލަ ބަލަންޖެހޭނެ ކަމަށެވެ.

މިއަދު އޮންލައިން