ކޯލިޝަނުގެ 45 މެންބަރުން ހަމަވާނެ- ޕީޕީއެމް އާ އެމްޑީއޭގެ މެންބަރުންވެސް ގުޅޭނެ: ޢަބްދުﷲ ރިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކޯލިޝަނުގެ 45 މެންބަރުން ހަމަވާނެ- ޕީޕީއެމް އާ އެމްޑީއޭގެ މެންބަރުންވެސް ގުޅޭނެ: ޢަބްދުﷲ ރިޔާޟް
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައަޅާފައިވާ 8 މެންބަރުންގެ މައްސަލަ ނިމިގެން ދިއުމުން މަޖިލީހުގައި ގުޅިފައިވާ ކޯލިޝަނުގެ 45 މެންބަރުން ހަމަވާނެ ކަމަށާއި ޕީޕީއެމް އާއި އެމްޑީއޭގެ ބައެއް މެންބަރުންވެސް ކޯލިޝަނާއި ގުޅޭނެ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ކޯލިޝަން ޕީޖީ ގްރޫޕުގެ އިސް މެންބަރަކަށް ވެސް ހުންނެވި ރިޔާﷲ މިއަދު ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭގެ ބައެއް މެންބަރުން މިހާރުވެސް ވަނީ ކޯލިޝަނުގެ މެންބަރުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފައުޅުކޮށްފައި ކަމަށެވެ.

ރިޔާޟް ވިދާޅުވީ ރާއްޖެއަށް ވެރިވެފައިވަނީ ވަރަށް ބޮޑު ބަނަ ކަމެއް ކަމަށާއި ދިވެހި ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ދެންވާނީ ކިހިނެއްތޯ؟ ހުރިހާ ރައްޔިތުންވެސް ސުވާލުކުރަމުން ދަނިކޮށް ރާއްޖޭގެ ރައްޔިތުން މިއަދު މިވަނީ ޙާލަތު ބަދަލުކޮށްފައި ކަމަށެވެ. "ރައްޔިތުން މިވަނީ ރައީސް ޔާމީނު ގެންގުޅުއްވި ސިޔާސަތަށް ވަރަށް ބޮޑުތަނުން ނޫނެކޭ ބުނެފަ."

"ރައީސް ޔާމީނު ރާއްޖޭގެ ފަނޑިޔާރުގެއަށް ކުރެއްވި ދުއްތުރާތަކާއި މަޖިލީހަށް ކުރެއްވި ދުއްތުރާތަކާއި އަދި ވެރިކަން ހިންގުމުގަ އެ ގެންގުޅުއްވި ފަލްސަފާ އާއި ވައްކަމާއި ކޮރަޕްޝަނާއި މިހުރިހާ ކަމަކަށް ނޫނެކޭ ބުނެފަ މިވަނީ. ހުރިހާ ލީޑަރުންނާ މަޖިލިސް މެންބަރުންތަކަކާ ޖަލަށްލައި 12 މެންބަރުން ޖަލަށްލައި ކުރި އަނިޔާތަކަށް ރައްޔިތުން މިވަނީ ނޫނެކޭ ބުނެފަ."

ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން މިހާރު ފެންނަމުންދާ ކަމަށާއި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވަވާނީ ހެޔޮ ވެރިކަމެއްކަން ރައްޔިތުންނަށް ޔަޤީން ކުރެވޭ ކަމަށްވެސް ރިޔާﷲް ވިދާޅުވިއެވެ.

ރިޔާޟްގެ ވާހަކަފުޅު (އޯޑިއޯ):

މިއަދު އޮންލައިން