އީޔޫގެ ސަފީރު ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް އާ ބައްދަލުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އީޔޫގެ ސަފީރު ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް އާ ބައްދަލުކުރައްވައިފި
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ސަފީރު ޓުންގ–ލައި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް އާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ބައްބަދލުކުރައްވައިފިއެވެ.

ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ޤާސިމް އިބުރާހިމް ވަނީ ރާއްޖެ ދިމިޤުރާތީ ހަމަތަކުންގެ މަތިން ކުރިއަށް ގެންދިއުމަށް ކުރެވެމުންދާ އިސްލާހީ މަސައްކަތްތަކަށް ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ގާތުން ބަލަމުން ގެންދާކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

ރާއްޖޭގެ ކަންކަން އިންޞާފުން ކުރިއަށް ގެންދަން އީޔޫ އިން ކުރާ އިލްތިމާސްތައް ރާއްޖޭގެ މިހާރުގެ ސަރުކާރުން ބަލައި ނުގަތް ނަމަވެސް އީޔޫއިން ދޭ އެހީތައް ގެންދަނީ ބޭނުންކުރަމުންނެވެ.

އީޔޫ އިން ވަނީ ކޯލިޝަނުގެ ސަރުކާރުގައި ރާއްޖޭގައި ދިމިޤުރާތީ ހަމަތައް އަށަގަންނުވައި އިސްލާހީ މަސައްކަތްތަކާއި މުއައްސަސާތައް ހަރުދަނާކޮށް ހިންގުމަށާއި، ތިމާވެށީގެ ދާއިރާ އާއި ސަލާމަތީ ޚިދުމަތުގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގައި ޔޫރަޕިއަން ޔޫނިއަނުން ދެމި އޮންނާނެކަން ހާމަކޮށްފައެވެ.



މިއަދު އޮންލައިން