އީސީގެ މެންބަރުންނަށް ވަގަށް ގޮވި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައިފި!

ކިޔުމަށް ހޭދަވާނީ 38ސ
އީސީގެ މެންބަރުންނަށް ވަގަށް ގޮވި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައިފި!
'އޮޅުވާލި ވޯޓު' ގެ ނަމުގައި ޕީޕީއެމުން ބާއްވާ އެއްވުންތަކުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފާއި މެންބަރު އަހުމަދު އަކްރަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަގަށް ގޮވި ކަމަށް ބުނެ ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.

އިސީގެ މެންބަރުންގެ އަބުރާ ބެހެފައިވާ ކަމަށް ފާހަގަކޮށް ޝަރީފު ވިދާޅުވީ 'މުއާޒު' ދައްކާވައިވަނީ ސާބިތުހިފޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފާއި އެހެން މެންބަރުން ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ޕީޕީއެމުން ކުރާ ތުހުމަތު އެ ކޮމިޝަނުން ދޮގުކުރެ އެވެ.

މިކަމާ ގުޅިގެން މުއާޒުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
މިއަދު އޮންލައިން