ސިނަމާލޭ ބްރިޖުގައި ބަސްދަތުރުގެ ޚިދުމަތް ދިނުމަށްޓަކާ އެމްޕީއެލް އިން ޑަބަލް ޑެކާރ (ދެބުރި) ބަހެއް ރާއްޖެ ގެނެސްފި!
ސިނަމާލެ ބުރިޖުގައި ބަހުގެ ޚިދުމަތް ދިނުމަށްޓަކާ އެމްޕީއެލް އިން ޖުމްލަ ބާވީސް ބަސް ބޭނުން ކުރުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި 8 ޑަބަލް-ޑެކަރ ބަސްވެސް ހިމެނެއެވެ. މީގެ ތެރެއިން މިއީ ފުރަތަމަ ރާއްޖެ ގެނެވުނު ބަހެވެ. މިއީ ނުވަދިހަފަސް މީހުންގެ ޖާގައިގެ ބަހެއްކަމަށް އެކުންފުނިން ބުނެއެވެ.
ރަޖިސްޓްރޭޝަން ނިމުމުން މި ބަހުގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ސިނަމާލޭ ބްރިޖުގައި އާންމު ދަތުރު ފަތުރުގެ ޚިދުމަތް ދެމުން އަންނަ އެމްޕީއެލްގެ ފަރާތުން ވަނީ މާލެއިން ހުޅުލެއަށާއި ހުޅުމާލެއަށް ބަހުގެ ޚިދުމަތް ދިނުމަށް ހަތް ސިޓީ ބަހާއި ދެ ކޯޗް ބަސް ހިމެނޭހެން ޖުމްލަ ނުވަ ބަސް ގެނެސް ޚިދުމަތް ދޭން ފަށާފައެވެ.
މި ބަސްތަކުގައި މާލެއިން ހުޅުލެއަށް ހަތް މިނެޓާއި ދިހަ މިނެޓުން ދެވެއެވެ.
.