ނުއަގުގައި ހުޅުމާލެއިން ގޯތި ވިއްކަން ނިންމީ އެޗްޑީސީގެ ކޭޝްފްލޯ ރަނގަޅު ކުރަން

ކިޔުމަށް ހޭދަވާނީ 1މ 24ސ
ނުއަގުގައި ހުޅުމާލެއިން ގޯތި ވިއްކަން ނިންމީ އެޗްޑީސީގެ ކޭޝްފްލޯ ރަނގަޅު ކުރަން
ހުޅުމާލެއިން ނުއަގުގައި 1000 އަކަފޫޓުގެ 400 ގޯތި ވިއްކަން ނިންމީ ހައުސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކޭޝްފްލޯ ވަރަށް ބޮޑަށް ދަށަށް ގޮޮސްފައިވާތީ އެކަން ހައްލު ކުރުމުގެ ގޮތުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ކުއްލިއަކަށް ހުޅުމާލެއިން 400 ގޯތި ވިއްކުމަށް ކުރަމުންދިޔަ މަސައްކަތް ތަހުގީގުކޮށް އޭސީސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް އޮފީހާއި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީ އާއި ކޮށްފައިވާ މުއާމަލާތްތަކަކުން އެނގޭ ގޮތުގައި، ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ހުޅުމާލެއިން 400 ގޯތި ކުޑަ އަގެއްގައި ވިއްކާލުމަށް ނިންމާފައިވަނީ އެޗްޑީސީގެ ކޭޝްފްލޯ ރަނގަޅު ކުރުމަށް ކަމަށެވެ.

" ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖައްސާފައިވާ ގޯތިތައް ވިއްކުމުގެ މަޤްސަދަކީ އެޗްޑީސީ އަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިަތިވެފައިވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށާއި އެގޮތުުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ހުޅުމާލޭގެ އެތެރެއިން ސޯޝަލް ހައުސިންއަށް 400 ބިން، އަކަފޫޓަކަށް 300 ރުފިޔާއާއި 400 ރުފިޔާއާއި ދެމެދު އަގަކަށް ވިއްކުމަށާއި، އަދި މީޑިއަމް ހައި އެންޑް އަށް ޚާއްސަ ކޮށްގެން ބީޗް ފްރަންޓް ސަރަހައްދުން 100 ބިން ފެށޭ އަގެއްގެ ގަޮތުގައި އަކަފޫޓަކަށް 2000 ރުފިޔާ ގެ ރޭޓުން ބީލަމަށް ހުޅުވާލައިގެން ވިއްކުމަށް ހަމަޖައްސާފައިވާ ކަމަށެވެ" އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން