ހުސްނު ސުއޫދުގެ ސަސްޕެންޝަން ހަތަރު މަހަށް އިތުރު ކޮށްފި

ކިޔުމަށް ހޭދަވާނީ 55ސ
ހުސްނު ސުއޫދުގެ ސަސްޕެންޝަން ހަތަރު މަހަށް އިތުރު ކޮށްފި
ކުރީގެ ބަންޑާރަ ނައިބު އަދި ޤާނޫނީ ވަކީލު ހުސްނު ސުއޫދުގެ ސަސްޕެންޝަން ހަތަރު މަސް ދުވަހަށް އިތުރު ކޮށްފިއެވެ.

ހުސްނު ސުއޫދުގެ ސަސްޕެންޝަން މިއަދުން ފެށިގެން ހަތަރު މަސް ދުވަހަށް އިތުރު ކޮށްފައިވަނީ، ސުޕްރީމް ކޯޓާއި ބެހޭ ގޮތުން އޭނާ ކުރި ޓްވީޓުގެ މައްސަލައެއްގައެވެ.

ސުއޫދު ވިދާޅުވެފަައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިމާވި މައްސަލަތަކެއްގެ ތެރެއިން އެއިރު ރައީސުލް ޖުމްހޫރިއްޔާގެ މަގާމުުުގައި ހުންނެވީ ޑރ. މުޙައްމަދު ވަހީދުގެ ވެރިކަން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ދިގު ދަންމާލީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށާއި އެނިންމުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފަައިވަނީ ވަކީލު ސުއޫދުގެ އެއަމަލަކީ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދު" ގެ 2، 3 ގެ (ހ)، (ނ)، (ރ) އާއި ޚިލާފު އަމަލެއް ކަމަށެވެ. އެހެންކަމުން އިތުރު ހަތަރު މަހަށް ސުއޫދު ސަސްޕެންޑު ކުރި ކަމަށް ޑީޖޭއޭ އިން ބުނެފައިވެއެވެ.
މިއަދު އޮންލައިން