ޖޭޕީގެ އެކްޓިވެސްޓެއްގެ ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ދީފި!

ކިޔުމަށް ހޭދަވާނީ 55ސ
ޖޭޕީގެ އެކްޓިވެސްޓެއްގެ ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ދީފި!
ޖުމްހޫރީ ޕާޓީގެ ފަރާތުން ތ. ކިނބިދޫގައި ހަރަކާތްތެރިވާ އިސް އެކްޓިވިސްޓު މުހައްމަދު މަނިކުގެ ލޯންޗަށް ރޭގެ ވަޤުތެއްގައި ކަޅުތެޔޮޖަހާ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

މިއަދުނޫހަށް މައުލޫމާތު ދެމުން މުޙައްމަދު ބުނީ، ރޭގެ ވަޤުތެއްގައި ބަޔަކު އޭނާގެ ލޯންޗަށް ކަޅުތެޔޮ ޖެހުމުގެ ސަބަބުން ގާތްގަނޑަކަށް 50،000 ދިވެހި ރުފިޔާގެ ގެއްލުން ވެފައި ވާކަމަށެވެ. ލޯންޗު ބޭލިތާ އަދި ދެމަސް ވެސް ނުވާނެ ކަމަށް އޭނާ ބުންޏެވެ.

މިފިނޑި އަމަލު ކުއްވެރިކޮށް މުޙައްމަދު ބުނިގޮތުގައި މި ގެއްލުންތަށް އޭނަގެ ތަކެއްޗަށް ދެމުން ދަނީ ޖޭޕީގެ އިސް އެކްޓިވިސްޓަކަށް ވީމަ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި މައްސަލަ މިހާރު ފުލުހަށް ރިޕޯޓުކޮށްފައި ވާއިރު ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރިކަމެއް އަދި އެނގިފައި ނެތެވެ.

ތ. ކިނބިދޫ، އުފާ، މުހައަމަދު މަނިކަކީ ލޯންޗު ދުއްވައިގެން ކާންބޯން އާމްދަނީ ހޯދާ ފަރާތެކެވެ. އެހެންކަމުން މިކަން ވެގެންދާނީ އޭނާއަށް ފޫ ނުބެއްދޭ ވަރުގެ ބޮޑު ގެއްލުމަކަށެވެ.
މިއަދު އޮންލައިން