ރައްޔިތުން ރައީސް ޔާމީން އިމްޕީޗްކޮށްފި - މަޖިލީހުން އިތުރަށް އެކަން ކުރުމުގެ ވިސްނުމެއް ނެތް: ޢަބްދުﷲ ރިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ރައްޔިތުން ރައީސް ޔާމީން އިމްޕީޗްކޮށްފި - މަޖިލީހުން އިތުރަށް އެކަން ކުރުމުގެ ވިސްނުމެއް ނެތް: ޢަބްދުﷲ ރިޔާޟް
ރައްޔިތުން މިހާރު ވަނީ ރައީސް ޔާމީން "އިމްޕީޗް"ކޮށްފައި (އިތުބާރު ނެތްކަމަށް ނިންނާފައި) ކަމަށާއި މަޖިލީހުން އިތުރަށް އެކަން ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ގުޅިފައިވާ ކޯލިޝަނުގެ ޕީޖީ ގްރޫޕުގައި އިސްކޮށް ހުންނެވި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ރިޔާޟް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ތަރައްޤީގެ ނަމުގައި ހިންގާފައިވާ ޖަރީމާތަކާއި ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތަކާއި ކޮށްފައިވާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ އެތައް ހާސް ބައަކު ވަނީ ރައީސް ޔާމީނުގެ ވެރިކަން ބަލައި ނުގަންނަ ކަމަށް ބުނެފައި ކަމަށެވެ.

38000 އަށްވުރެ ގިނަ ވޯޓުގެ ބޮޑު ތަފާތަކުން ރައީސް ޔާމީނުގެ ވެރިކަން ރައްޔިތުން ނުކުމެ ނިމުމަކަށް ގެނެސްފައިވުމުން ރައްޔިތުން މިހާރުވެސް އެވަނީ ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނެސްފައި ކަމަށްވެސް ރިޔާޟް ވިދާޅުވިއެވެ.

ރިޔާޟް ވިދާޅުވީ ރައްޔިތުން މިހާރު ބޭނުންވެގެން ތިބީ އެމީހުންނަށްޓަކައި އޯގާތެރި ވެރިކަމެއް ކޮށްދިނުމަށް ކަމަށާއި ކޯލިޝަނުގެ ސަރުކާރުން ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށް އެކަން ކޮށްދޭނެ ކަމަށެވެ.



މިއަދު އޮންލައިން