ގޯތި ވިއްކަން އަލުން ފެށީ އޭސީސީގެ އެންގުމާ ޚިލާފަށް!

ކިޔުމަށް ހޭދަވާނީ 53ސ
ގޯތި ވިއްކަން އަލުން ފެށީ އޭސީސީގެ އެންގުމާ ޚިލާފަށް!
ހުޅުމާލެއިން 1000 އަކަފޫޓުގެ 400 ގޯތި ވިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އަލުން ފަށާފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމާއި ޚިލާފަށް ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފޔަވަހިން ނުއަގުގައި ގޯތި ވިއްކަން ނިންމައި ކުރިމަތިލާން ހުޅުވާލުމުން، އެމަޝްރޫއު ހުއްޓުވުމަށްފަހު އޭސީސީން ވަނީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންކަމާއި ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަކެއް ތަހުގީގު ކޮށްފައެވެ. އެމައްސަލަތަކާއި ގުޅިގެން ވަކި ކަންތައްތަކެއް އިސްލާހު ކުރަން ހައުސިން މިނިސްޓްރީއަށް އޭސީސީ އިން އެންގިއެވެ.

ނަމަވެސް އެކަންކަމަށް އަމަލުުނުކޮށް ހައުސިން މިނިސްޓްރީން މިއަދު ވަނީ ގޯތި ގަތުމުގެ ފޯމު ބަލައިގަންނަން ފަށާފައެވެ.

ގޯތި ގަންނަން ބޭނުންވާ ފަރާތްތަކުގެ ފޯމު ބަލައިގަތުން މިއަދު ހަވީރު 16:00 ގައި ހައުސިން މިނިސްޓްރީން ފަށާފައިވާއިރު، މިމަހުގެ 14 އާއި ހަމައަށް ހެނދުނު 9:00 އިން މެންދުރު 12:00 އަަށް، ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އާއި ހަމައަށް އެމިނިސްޓްރީން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.

މިއަދު އޮންލައިން