ކްރިސްޓިއަން މިޝަންތަކުން ރާއްޖޭގައި 5 އަހަރުން ޗާޗް (ފައްޅި) އަޅާނެ ކަމަށް ބުނި ނަމަވެސް އެއީ އެއްވެސް ވަރަކަށް ހާސްވާންޖެހޭ ކަމެއް ނޫން ކަމަށާއި ރާއްޖޭގައި ފައްޅި ނޭޅޭނެ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އެމީހުން (ކްރިސްޓިއަނުން) ބޭނުންވާ ކަންކަމުގެ ވާހަކަ އެމީހުން ދައްކާނެ ކަމަށާއި ދިވެހިން ސާބިތުވެ މިތިބީ ދިވެހިން ބޭނުންވާ ގޮތުގައި ކަމަށެވެ. ދިވެހިންގެ ނިންމުމަކީ ރާއްޖޭގައި ޗާޗް (ފައްޅި) އެޅިއަ ނުދިނުން ކަމަށާއި ރާއްޖޭގައި ފައްޅި އެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަށް ޖާގައެއް ދިވެހިން ނުދޭނެ ކަމަށެވެ. "އިން ޝާ ﷲ އެކަމެއް ނުވާނެ!"
"ކްރިސްޓިއަން މިޝަންތަކުން 5 އަހަރުން ޗާޗް އަޅާނެ ކަމަށް ބުނި ނަމަވެސް އެއްވެސް ހާހެއް ނުވޭ! އެމީހުން އެމީހުންގެ މޮޓޯގަ ވާހަކަ ދައްކާނެ! އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ މޮޓޯގަ! އެއީ މިތާ ޗާޗް އެޅިއަ ނުދިނުން! އިން ޝާ ﷲ އެކަމެއް ނުވާނެ! އެކަމަށް ޖާގައެއް ދިވެހިން ނުދޭނެ!"
Christian missionaries thakun 5 aharun church alhaane kamah bunyas ehves haas eh nuvey! emeehun, emeehunge moto ge vaahaka dakkaane! alhugandu men mithibee alhugandumenge moto ga! eiy mithaa church elhiya nudinun! insha Allah ekameh nuvaane! ekamah jaagaeh divehin nudheyne!
— Ali Zaid (@alizaid1000) October 10, 2018