2004 ވަނަ އަހަރު ޝައިޚް ހަސީނާއަށް އަތުބޮމުގެ ހަމަލާދިން 19 މީހަކު މަރަން ހުކުމްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
2004 ވަނަ އަހަރު ޝައިޚް ހަސީނާއަށް އަތުބޮމުގެ ހަމަލާދިން 19 މީހަކު މަރަން ހުކުމްކޮށްފި

2004 ވަނަ އަހަރު ޝައިޚް ހަސީނާ ބައިވެރިވެވަޑައިގެންނެވި ރެލީއަކަށް އަތުބޮމުގެ ހަމަލާދިން 19 މީހަކު މަރަން ބަންގްލަދޭޝްގެ ކޯޓަކުން ހުކުމްކޮށްފި އެވެ. މިހާރުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއަކީ އެއިރު އިދިކޮޅު ލީޑަރެވެ.

މިހަމަލާގައި 20 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް ޝައިޚް ޙަސީނާއަށް މާބޮޑު އަނިޔާއެއް ލިބިވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް އެއް ކަންފަތްޕުޅަށް ވަނީ ގެއްލުން ލިބިފައެވެ.

މިދިއަ އަހަރުގެ އެޕްރިލް މަހުވެސް ހަރުކަށި ހަނގުރާމަވެރިން ކަމަށް ބަލައި 15 މީހަކު މަރަން ކޯޓުން ވަޏީ ޙުކުމްކޮށްފައެވެ.މަރަން ހުކުމްކުރި މީހުންގެ ތެރޭގައި ޖަލުހުކުމެއް މިހާރު ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުން ތާރިގު ރަހުމާން ހިމެނެއެވެ.
މިއަދު އޮންލައިން