ރިޔާސީ އިންތިޙާބު ނިމުނުއިރު އެޗްޑީސީ ކޭޝްފުލޯ އެއްކޮށް ދަށަށް!

ކިޔުމަށް ހޭދަވާނީ 1މ 5ސ
ރިޔާސީ އިންތިޙާބު ނިމުނުއިރު އެޗްޑީސީ ކޭޝްފުލޯ އެއްކޮށް ދަށަށް!
އިއްޔެ ކުރިއަށްދިޔަ ޕްރެސް ބްރީފިންގްއެއްގައި ހައުސިން މިނިސްޓްރީއިން ވަނީ އެޗްޑީސީގެ ކޭޝްފްލޯ ދަށްވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ޕްރެސްގައި ވާހަކަ ދައްކަމުން ހައުސިންގް މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ ހުޅުމާލެއިން ގޯތި ވިއްކުމުގެ ބޭނުމަކީ އެޗްޑީސީގެ ކޭޝްފްލޯ ހުސްވެފައި ވާތީ އެޗްޑިސީއަށް ބަޖެޓް ހޯދުން ކަމަށެވެ.

ދެން އުފެދޭ ސުވާލަކީ ކުއްލިއަކަށް އެޗްޑީސީގެ ކޭޝް ފުލޯ ދަށް ވާންނީ ކީއްވެ ހެއްޔެވެ؟

އެޗްޑިސީއަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެ އޮފީހުގެ ފައިސާއާއި ތަކެތި ބޭނުންކޮށްގެން ކެމްޕޭން ކުރިކަމަށް ގިނަ ބަޔަކު ދަނީ އެތަށް ތުޙުމަތުތަކެއް ކުރަމުންނެވެ.

ބައެއް މީހުން ބުނާ ގޮތުގައި ކެމްޕެއިނަށް އުޅުނު މީހުންގެ ކެއުމަށް އެޗްޑީސީގެ ބަޖެޓުން މަދުވެގެން އެއް މިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.

ހުޅުމާލޭގައި ރައީސް ޔާމީންގެ ޕޯސްޓަރު ހަރުކުރުމަށް ޖަހާފައި ހުރި ދަގަނޑު ހޮޅިތަކަށް އެކަނިވެސް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދު ވާނެ ކަމަށެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި އެ ހޮޅިތަކަކީވެސް އެޗްޑިސީގެ މުދާ ކަމަށެވެ.
ކަން މިހެން ހުރުމާއިއެކު އިންތިހާބާއެކު ކޭޝްފުލޯ ހުސްވުމަށް މެދުވެރިވި ސަބަބަކީ ރައީސް އަބްދު ﷲ ޔާމިންގެ ކެމްޕެއިން ކަމުގައި ބެލެވިދާނެއެވެ.
މިއަދު އޮންލައިން