ކުރީގެ ނައިބު ރައީސް، އަދި ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު މިއަދު އަޖީއެމްއެޗަށް ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.
އަދީބު އައިޖީއެމްއެޗަށް ގެނެސްފައިވަނީ މިއަދު ދިހައެއް ޖަހާކަށްހާއިރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗުގައި ޔޫރޮލޮޖިސްޓަކަށް އަދީބު ދެއްކުމުގެ އިތުރުން ސްކޭންތަކެއް ވެސް ވަނީ ހައްދާފައެވެ.
ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައާއި ފިސްތޯލަ ގެންގުޅުއްވި މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައެއް މައްސަލަތަކުގައި 33 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާ އަދީބުގެ ސިއްހީ ހާލަތާ މެދެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަރުވާއަށް އަދީބު ބޭރަށްގެންދިއުމަށް އެތައް ފަހަރަކު ހުށަހަޅާފައިވީ ނަމަވެސް ސަރުކާރުން ވަނީ އެކަމަށް ބީރު ކަންފަތެއް ދެއްވާފައެވެ.