މިއަދަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެއުކަމުގެ ދުވަސް!

ކިޔުމަށް ހޭދަވާނީ 1މ 17ސ
މިއަދަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެއުކަމުގެ ދުވަސް!
މިއަދަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެއުކަމުގެ ދުވަހެވެ. ނަފްސާނީ ދުޅަހެއުކަމުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ ދިހަވަނަ ދުވަހުއެވެ. ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން މިދުވަސް ފާގަ ކުރުމުގެ މައިގަނޑު މަގްސަދަކީ ނަފްސާނީ ދުޅަހެއުކަމުގެ މައްސަލަ ތަކާއި މެދު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހޭލުންތެރިކަން އުފެއްދުމާއި އަދި ނަފްސާނީ ދުޅަހެއުކަމަށް އެއްބާރުލުން ދިނުމެވެ. ނަފްސާނީ ދުޅަހެއުކަމުގެ ދުވަހާ ގުޅުވައިގެން މިއަހަރަށް ޚާއްޞަ ކޮށްފައިވާ ޝިޢާރަކީ

“Young people and mental health in a changing world”

(ބަދަލުވަމުން އަންނަ ދުނިޔޭގައި ފުރާވަރު މީހުންނާއި ނަފްސާނީ ދުޅަހެއުކަން) އެވެ.

ދުނިޔޭގެ ޞިއްހަތު ޖަމިއްޔައިން ބުނާ ގޮތުގައި "ފުރާވަރު ކުރީންނާއި ފުރާވަރު އުމުރުން ނެއްޓި ޒުވާން އުމުރުގެ ރީ އަހަރުތަކަކީ ހަޔާތަށް ގިނަ ބަދަލުތަ އަންނ ދުވަސްވަރެއް، އެބަދަލުތަކުގެ ތެރޭގައި ސްކޫލް ބަދަލުވުމާއި، އަމިއްލަ ގެ ދޫކޮށް ދާން ޖެހުމާއި، ޔުނިވަރސިޓީ ތައުލީމު ފެށުން، ނުވަތަ އާ ވަޒީފާއަކަށް ދިއުން ހިމެނެއެ، ގިނަ ބަޔަކަށް މިއީއުފާވެރި ދުވަސްތަކެއް، ނަމަވެސް މި ދުވަސްވަރަކީ މާޔޫސް ކަމާއި ޝައްކާއި ވަހުމުގެ ދުވަސްވަރަކަށް ވެސް ވެދާނެ" ކަމަށެވެ.

ދުނިޔޭގެ ސިއްޚަތާ ބެހޭ ޖަމްއިއްޔަ (ޑަބްލިޔު.އެޗް.އޯ) އިން ހާމަކުރާ ގޮތުގައި ހަމަނުޖެހުން ބޮޑު ސަރަހަައްދު ތަކުގައާއި ގުދުރަތީ ކާރިސާތައް ހިނގާ ސަރަހައްދުތަކުގައި ބަލިމަޑުކަން އާއްމު ސަރަހައްދުތަކުގައި ދިރިއުޅޭ ފުރާވަރު ކުދީން އެހެން ކުދީންނާ އަޅާ ބަލާއިރު ފަސޭހައިން މާޔޫސްވެ ކަންބޮޑުވާ ގޮތް ވެއެވެ.
މިއަދު އޮންލައިން