އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ކުރިއަރުވައި ދަމަހައްޓަން ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙްމަދު ނިހާން މަސައްކަތް ކޮށްދެއްވާނެ ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. ސަބަބަކީ ރާއްޖޭގެ ރައީސް ކަމަށް ވާދަކުރައްވަން އެންމެ ރަނގަޅު ކެންޑިޑޭޓަކީ އިބްރާހީމް މުޙައްމަދު ޞާލިޙްކަން ނިހާން އެތައް ފަހަރެއްގެ މަތިން ހާމަކުރައްވާފައިވާތީއެވެ.
އެގޮތަށް ބުނަމުން ގެންދަނީ "އެމްޑީޕީގެ ރިޔާސީ ޓިކެޓް އެންމެ ޙައްޤު ފަރާތަކީ އިބޫ ކަމާމެދަކު ޝައްކެއް ނެތް. އިބޫ 12 ދުވަސްފަހުން ދޫކޮށްލައިފި." ކަމަށް ވިދާޅުވެ ނިހާން ޓްވީޓް ކުރައްވާފައިވާތީއެވެ. އަދި މި ނޫން ބައެއް ޓްވީޓްތަކުގައިވެސް ނިހާން އެމޭރުމުން ވިދާޅުވެފައިވާތީއެވެ.
ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެފައިވަނީ އިބްރާހީމް މުޙައްމަދު ޞާލިޙަކީ އެންމެ ރަނގަޅު ކެންޑިޑޭޓް ކަމަށް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެންމެ ދެކޮޅު ބޭފުޅުން ވިދާޅުވެފައިވުމަކީ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރެއްވެވި އެއް ސަބަބު ކަމަށެވެ. އިދިކޮޅު މީހުން އެމީހަކީ ރަނގަޅު މީހަކު ކަމަށް ބުނާނީ އެމީހެއްގެ ކިބައިގައި މީސްތަކުން ބަލައިގަންނަ ރަނގަޅު ސިފަތައް ހުރުމުން ކަމަށެވެ.
ނިހާންގެ އިތުރުން ވެސް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަނީ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.