މަހުލޫފުގެ 'އިހުބަހާއި ފަހުބަސް' ވަރަށް ހޫނު!

ކިޔުމަށް ހޭދަވާނީ 1މ 9ސ
މަހުލޫފުގެ 'އިހުބަހާއި ފަހުބަސް' ވަރަށް ހޫނު!
އިހުބަހާއި ފަހުބަސް ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު މަޙުލޫފު ވަރުގަދަ ޓްވީޓެއް ކުރައްވައިފިއެވެ.

މަހުލޫފު މިއަދު ކުރެއްވި މި ޓުވީޓުގައި ބުނެފައި ވަނީ 'ރައްޔިތުންގެ ނިންމުމާ ނުކުޅޭތި. މީ އަޅުގަނޑުގެ އިހުބަހާއި ފަހުބަސް' މިހެންނެވެ. މީގެ އިތުރުން 'ރައްޔިތުންގެ ނިންމުން ދަމަހައްޓަން ތިބި ފުލުހުންނާއި ސިފައިން ރަނގަޅަށް ކަމަރު ބާރުކުރައްވާ. ރައްޔިތުންގެ ސަފުތަށް އެ ފުލުހުންގެ ފަހަތުން ރުކުރުވާލަން ތައްޔާރުވެލައްވާ' މިހެންނެވެ.

މަހުލޫފު މިހެން ޓުވީޓު ކުރައްވާފައި ވަނީ 23 ސެޕްޓެމްބަރުގައި ބެއްވުނު ރިޔާސީ އިންތިޙާބާ ގުޅޭ ދުސްތޫރީ މައްސަލައެއް، އެ އިންތިޙާބުން ބޮޑުތަނުން ބަލިވި ރައީސް ޔާމިން، ސްޕްރީމް ކޯޓަށް ހުށައަޅަފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ އެކްޓިވިސްޓުންވެސް ދަނީ މީސްމީޑިއާގައި ރައީސް ޔާމިން އަދި ޕީޕީއެމްއަށް ބަހުގެ ހަމަލާތަށް ރައްދުކުރަމުންނެވެ. ރައްޔިތުންގެ ނިންމުން ހަޖަމް ކުރުމަށާއި، ބަލިގަބޫލު ކުރެއްވުމަށް އެތަށް ބަޔަކު ދަނީ ޕީޕީއެމްގެ އިސް ފަރާތްތަކަށް ގޮަވާލަަމުންނެވެ.




މިއަދު އޮންލައިން