ދުސްތޫރީ ލިބާހުން ކޯޓުތައް ބައިޕާސް ކުރުމަށް ހުއްދަ ކުރެވިގެން ނުވާނެ: ދިޔާނާ

ކިޔުމަށް ހޭދަވާނީ 1މ 6ސ
ދުސްތޫރީ ލިބާހުން ކޯޓުތައް ބައިޕާސް ކުރުމަށް ހުއްދަ ކުރެވިގެން ނުވާނެ:  ދިޔާނާ
މައްސަލަތަކުގައި ދުސްތޫރީ ލިބާސް ލައްވައިގެން ޤާނޫނުގައި އޮންނަ ތަރުތީބު ބައިޕާސްކޮށް، އެމައްސަލަތައް ސުޕްރީމް ކޯޓަށް ދިޔުމަކީ ހުއްދަކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާ ބެހޭ ދުސްތޫރީ މައްސަލައެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމާއި ގުޅިގެން، ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންތިހާބީ ޝަކުވާ ބެލުމުގެ އިހްތިސާސް ފުރަތަމަ މަރުހަލާގައި ލިބިފައިވާ ކޯޓަކީ ހައިކޯޓު ކަމަށެވެ.

އިންތިހާބުގެ ނަތީޖާއާއި ގުޅޭ ގޮތުން ހިތްހަމަ ނުޖެހުންތަކެއް ރައީސް ޔާމީންގެ ފަރާތުން މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. ނަމަވެސް އެމައްސަލަތަކާއި ގުޅޭގޮތުގެ އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުން އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ވަނީ 58% އިން އެއިންތިހާބު ކާމިޔާބު ކުރައްވާފައެވެ. އަދި ރައީސް ޔާމީން ވެސް ވަނީ އެނަތީޖާ ބަލައިގެންނެވި ކަމަށް ވިދާޅުވެ، އަންނަ ނޮވްމެބަރު މަހުގެ 17 ވަނަ ދުވަހު އިންތިޙާބީ ރައީސް ސޯލިހު، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނެ ކަމަށް ވިދާޅުވެ ބަލި ޤަބޫލު ކުރައްވާފައެވެ.

މިއަދު އޮންލައިން