ގެއްލިގެން ހޯދަމުންދާ ކުޑަ ދެކުދިން

ކިޔުމަށް ހޭދަވާނީ 43ސ
ގެއްލިގެން ހޯދަމުންދާ ކުޑަ ދެކުދިން
ފުރާވަރު އުމުރުގެ ކުޑަ ދެ އަންހެން ކުއްޖަކު ގެންލިގެން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އެދެކުދިން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދާ ދެކުދިންނަކީ ގ. ނާޝިދުވިލާ ފާތިމަތު ޝާހާ އިބްރާހިމް (15އ.) އާއި މ. މުލައް ކޮކާހަނދުވަރު ނާޖިހާ އަލީ (14އ.) އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެދެކުދިންގެ ތެރެއިން ޝާހާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ 23:56 ހާއިރެވެ. އަދި ނާޖިހާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ހަމަ އެދުވަހުގެ ހަވީރު 17:23 ހާއިރެވެ.

ވީމާ އެދެކުދިންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވާ އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޑިއުޓީ ނަންބަރ 3331510 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދިލައްވާފައިވެއެވެ.
މިއަދު އޮންލައިން