15 ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަން ކުރަން ޖޭއެސްސީ އިން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
15 ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަން ކުރަން ޖޭއެސްސީ އިން ނިންމައިފި
15 ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުން 15 ރަށަކަށް މެޖިސްޓްރޭޓުން ކަނޑައަޅާފައިވާ ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ހިމެނެނީ ސ. ފޭދޫ، ގއ. ވިލިނގިލި، ތ. ތިމަރަފުށި، އދ. ދިގުރަށް، ކ. ތުލުސްދޫ، ކ. ގުޅި، ފ. ދަރަނބޫދޫ، ދ. ހުޅުދެލި، ޏ. ފުވައްމުލައް، ރ. ދުވާފަރު، ލ. ގަން، ރ. އަލިފުށި، ށ. ފޯކައިދޫ އަދި ކ. ކާށިދޫ އެވެ.

އިސް މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 25،600ރ. ލިބޭއިރު މެޖިސްޓްރޭޓަކަށް މަހަކު 23،450ރ. ލިބޭނެއެވެ.

އަލަށް އައްޔަންކުރި މެޖިސްޓްރޭޓުން މަގާމުގެ ހުވާ ކުރައްވާނެ ދުވަހެއް ޖޭއެސްސީން ނުބުނެ އެވެ.




މިއަދު އޮންލައިން