ހުޅުމާލެ ފެރީގެ ޝެޑިއުލަށް ބަދަލު ގެނެސްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
ހުޅުމާލެ ފެރީގެ ޝެޑިއުލަށް ބަދަލު ގެނެސްފި
ހުޅުމާލެ ފެރީގެ ޝެޑިއުލަށް ބަދަލު ގެނެސްފިއެވެ.

ފެރީގެ ޝެޑިއުލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ކުރިން ދަންވަރު 1:30 ވަންދެން ދެމުން އައި އެކްސްޕްރެސް ފެރީގެ ހިދުމަތް މިހާރު ދަންވަރު 12 ޖެހުމުން ހުއްޓައިލުމާއި ކޮންމެ 15 މިނެޓަކުން ފޯރުކޮށްދެމުން އައި އާދައިގެ ފެރީގެ ހިދުމަތަށް މެދުކަނޑާލައި، ކޮންމެ 15 މިނެޓަކުން އެކްސްޕްރެސް ފެރީ ނުވަތަ އާދައިގެ ފެރީގެ ދަތުރުކުރުމުވެ.

މީގެއިތުރުން މާލެ އަށް ވަޒީފާ އަށް ދާ މީހުންނަށް ދަތި ނުވާނެ ގޮތަށް ހެނދުނު 8:30 ވަން ދެން އަޅުގަނޑުމެން 10 މިނެޓުން ފެރީގެ ހިދުމަތް ދެނެއެވެ.

ސިނަމާލެ ބުރިޖް ހުޅުވުމުން ހުޅުމާލެ ފެރީ ބޭނުންކުރާ މިންވަރު އަންނަނީ މަދުވުމުންނެވެ.
މިއަދު އޮންލައިން