އިއުލާނު ކުރުމެއް ނެތި ފެނަކަ ކޯޕަރޭޝަނަށް 105 މުވައްޒަފުން ވަނީ ވައްދާފަ: އޮޑިޓް ރިޕޯޓު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
އިއުލާނު ކުރުމެއް ނެތި ފެނަކަ ކޯޕަރޭޝަނަށް 105 މުވައްޒަފުން ވަނީ  ވައްދާފަ: އޮޑިޓް ރިޕޯޓު
އިއުލާނު ކުރުމެއް ނެތި ފެނަކަ ކޯޕަރޭޝަނަށް 105 މުވައްޒަފުން ވަނީ ވައްދާފައިވާކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ފެނަކަ އިން 2014 ވަނަ އަހަރުގެ މެއިން ފެށިގެން 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހާ ހަމައަށް، އިއުލާން ކުރުމަކާ ނުލައި މުވައްޒަފުން ނަގާފައިވާކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވި އޮޑިޓް ރިޕޯޓުގައިވަނީ ބުނެފައެވެ.

ނަމަވެސް މިގޮތަށް މުވައްޒަފުން ނެގުން ސެޕްޓެމްބަރު 22، 2016 އިން ފެށިގެން ހުއްޓާލާފައިވާ ކަމަށް މައުލޫމާތު ދީފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އިއުލާން ނުކޮށް، މުވައްޒަފުން ނެގީ ކުންފުނީގެ ހިންގާ ގަވައިދާއި މުވައްޒަފުންގެ ގަވައިދުގެ ދަށުން ލިބޭ ބާރުގެ ދަށުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އިއުލާން ކުރުމަކާ ނުލައި މުވައްޒަފުން ނަގާ ނަމަ، ކުންފުންޏާ މެދު އިތުބާރު ކުޑަވާނެ ކަމަށެވެ.
މިއަދު އޮންލައިން