މާލޭގައި މިއަދުވެސް ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދު މެންދުރު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރީގައި ހިނގި މިމާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ.
އެޒުވާނާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ދީފައިވާއިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިދުވަސްކޮޅަކީ އަނެއްކާވެސް މާރާމާރީއާއި ތޫނު އެއްޗެހިން ހަމަލާދިނުން އިތުރުވެފައިވާ ދުވަސްކޮޅެއްކަން ފާހަގަ ކުރެވެއެވެ. ދާދި ފަހުން މާލޭގައި ވެސް ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވާއިރު، މިމަހުގެ 7 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިނގި މާރާމާރީއެއްގައި ވެސް ޒުވާނަކަށް ހަމަލާދީ، އޭގެ ތެރެއިން އެކެއްގެ ހާލު ވަނީ ވަރަށް ސީރިއަސް ވެފައެވެ.