އިންތިޙާބީ ރައީސް ސޯލިހަށް ލަންކާއިން މަރުހަބާ ދެންނެވީ ލަންކާގެ ރައީސް!

ކިޔުމަށް ހޭދަވާނީ 41ސ
އިންތިޙާބީ ރައީސް ސޯލިހަށް ލަންކާއިން މަރުހަބާ ދެންނެވީ ލަންކާގެ ރައީސް!
ނުރަސްމީ ދަތުރުފުޅެއްގައި ނަމަވެސް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ރައީސް ސޯލިޙް) ލަންކާއަށް ވަޑައިގެންނެވުމުން ލަންކާއިން ރައީސް ސޯލިޙަށް މަރުހަބާ ދެންނެވީ ސީދާ އެޤައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާއެވެ.

އިންތިހާބީ ރައީސް ސޯލިހް ނުރަސްމީ ދަތުރުފުޅެއްގައި ފުރަތަމަ ވަޑައިގެންނެވީ ސްރީލަންކާއަށެވެ. އެއަށްފަހު އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެން ސިންގަޕޫރުން މިއަދު ރާއްޖެ ވަޑައިގެންނެވި މަގުމަތީގައި ލަންކާގައި ވަނީ މަޑުކުރައްވާފައެވެ.

ލަންކާއަށް އިބޫ ވަޑައިގެންނެވުމުން ލަންކާގެ ރައީސް ސިރިސޭނާ ވަނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން އިންތިޙާބީ ރައީސް ސޯލިޙަށް މަރުހަބާ ދަންނަވައި ބައްދަލު ކުރައްވާފައެވެ.

އިންތިހާބީ ރައީސް ސޯލިޙުގެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ މާލޭގައެވެ.
މިއަދު އޮންލައިން