ސިޔާދާ 2 ފަނޑިޔާރުންގެ މައްސަލަ ބާޠިލުކުރާނީ ދައްކާނެ ހަމަ އެއްވެސް ހެއްކެއް ދައުލަތަށް ނުލިބުމުން: ޙިސާން

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ސިޔާދާ 2 ފަނޑިޔާރުންގެ މައްސަލަ ބާޠިލުކުރާނީ ދައްކާނެ ހަމަ އެއްވެސް ހެއްކެއް ދައުލަތަށް ނުލިބުމުން: ޙިސާން
އިބްރާހީމް ސިޔާދު ޤާސިމް އާއި 2 ފަނޑިޔާރުންގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ބާޠިލުކުރީ 2 ފަނޑިޔާރުންނަށް އިބްރާހީމް ސިޔާދު ޤާސިމް ރިޝްވަތު ދެއްވި ކަމަށް ދައުލަތުން ބުނާ މައްސަލައިގައި މައްސަލަ ސާބިތުކުރަން ދައްކާނެ އެއްވެސް ހެއްކެއް މިއަދާއި ހަމައަށް ވެސް ނުލިބުމުން ކަމަށް ސިޔާދުގެ ޤާނޫނީ ވަކީލް ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ހިސާން ވިދާޅުވީ މައްސަލައިގެ އަސާސެއް ކަމަށް ދައުލަތުން ބުނަމުން އައީ ސިޔާދު 2 ފަނޑިޔާރުންނަށް ރިޝްވަތު ދެއްވިކަމާއި އަދި 2 ފަނޑިޔާރުން ރިޝްވަތު ހިފައި މެލޭސިޔާއިން ފްލެޓްތަކެއް ގަތުން ކަމަށެވެ. "މިކަމަށް ދައުލަތަށް ލިބިފައިވަނީ ހަމައެކަނި ދައުލަތުން ހުށަހަޅާ ސިއްރު ހެއްކެއް ބުނާ ބުނުން. އެބުނުން ސާބިތުކޮށްދޭން ދައްކާނެ އެއްވެސް އިތުރު ހެއްކެއް މިހައި ގިނަ ދުވަސްވީއިރުވެސް ދައުލަތަށް މިއަދާއި ހަމައަށްވެސް ލިބިފައެއް ނެތް. އިބްރާހީމް ސިޔާދު ޤާސިމް 2 ފަނޑިޔާރުންނާ ރިޝްވަތުގެ ވެސް އަދި އެހެން ގޮތަކުންވެސް ފައިސާގެ އެއްވެސް މުޢާމަލާތެއް ކުރައްވާފައެއް ނުވޭ. އެހެންވީމާ ދެއްކޭނެ އެއްވެސް ހެއްކެއް ނޯންނާނެ ނޫންތޯ؟"

ހިސާން ވިދާޅުވީ 2 ފަނޑިޔާރުންގެ މައްސަލަ ބާޠިލުކުރީ ރިޝްވަތު ދިން ކަމަށް ބުނާ މީހާ ރިޝްވަތުދިންކަން ސާބިތުކުރަން ދައްކާނެ އެއްވެސް ހެއްކެއް ނެތުމުން ކަމަށެވެ. ރިޝްވަތު ދިން ފަރާތެއް ނެތި ރިޝްވަތު ހިފިފަރާތަށް ކުރާނެ އެއްވެސް ތުހުމަތެއް ނޯންނާނެ ކަމަށެވެ. "ދިންކަމުގެ އެއްވެސް ހެއްކެއް ނެތް އިރު ހިފި ކަމުގެ އެއްވެސް ހެއްކެއް ނޯންނާނެ."

ހިސާން ވިދާޅުވީ ސްޕްރީމް ކޯޓުން ނެރުނު އަމުރަކީވެސް 9 ސިޔާސީ ހައްޔަރީންނާއި މަޖިލީހުގެ 12 މެންބަރުންގެ މަޞްލަހަތު ހިމެނޭ އަމުރަކަށްވުމުން އެއަމުރު ނެރުމާއި ޤާސިމް އިބްރާހީމް އާއި ގުޅުވޭނެ އެއްވެސް ގޮތެއްވެސް ނުއޮންނާނެ ކަމަށެވެ. "ސިޔާދު ރިޝްވަތު ދެއްވި ކަމަށް ބުނާއިރު އެއީ އިބްރާހީމް ސިޔާދު ޤާސިމްގެ ބައްޕާފުޅު ޤާސިމް އިބްރާހީމް އާއި އެކަނި ގުޅުވޭ ގޮތަށް އޮތް އަމުރެއްވެސް ނޫން. ޤާޟީ ވެސް މިއަދު ވަނީ އެކަން އެގޮތަށް ފާހަގަކުރައްވާފަ." ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.


މިއަދު އޮންލައިން