މާލޭގައި މާރާމާރީ ހިންގަން އުޅުނު ފަސް މީހަކު ހުއްޓުވާ ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 36ސ
މާލޭގައި މާރާމާރީ ހިންގަން އުޅުނު ފަސް މީހަކު ހުއްޓުވާ ހައްޔަރު ކޮށްފި
މާލޭގައި ރޭ މާރާމާރީ ހިންގަން އުޅުނު ފަސް މީހަކު ހުއްޓުވާ ހައްޔަރު ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މާރާމާރީ ހިންގަން ތައްޔާރުވެ ފިހާރައަކުން ވަޅިތަކެއް ގަނެގެން ދިޔަ ގްރޫޕެއްގެ ތެރެއިން ފަސް މީހަކު ހައްޔަރު ކުރީ ކާނިވާ ސަރަހައްދު ޕެޓްރޯލް ޝެޑްގައި ޕެޓްރޯލް އަޅަން ގޮސް ތިއްބާ ކަމަށެވެ.

ވަޅިތަކާއިއެކު އެމީހުން ހައްޔަރު ކޮށްފައިވާއިރު، އެމީހުންނަށް ފުލުހުން ފެނުމާއެކު ފިލަން މަސައްކަތް ކުރި ކަމަށް ވެސް މައުލޫމާތު ދެއްވިއެވެ.

މާރާމާރީ ހިންގަން އުޅެނިކޮށް ހައްޔަރުކުރި އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިއަދު އޮންލައިން