ރޭ ދަންވަރު މާލޭގައި ވަޅިން ހަމަލާދީ، އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައިފި

ކިޔުމަށް ހޭދަވާނީ 1މ 2ސ
ރޭ ދަންވަރު މާލޭގައި ވަޅިން ހަމަލާދީ، އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައިފި
ރޭ ދަންވަރު މާލޭގައި ވަޅިން ހަމަލާދީ، އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައިފި އެވެ.

އެންގިފައިވާ ގޮތުގައި މި ޙާދިސާ ހިންގައިފައިވަނީ ރޭ ދަންވަރު 1:55 އެހާއިރު ގ. ޖެލީފިޝްގޭ ކުރިމަތިން ކަރައް ވަޅި ހަރައި މަރާލާފައިވަނީ އިސްމާއިލް ޝައްފާން ޝަރީފް އެވެ.

ޝައްފާން އަކީ މާލޭގެ ސްކޫލެއްގެ ގްރޭޑް ހަތެއްގައި ކިޔަވަމުންއަންނަ ކުއްޖެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ

އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ހޭނެތް ކަމަށާ އޭނާ މަރުވެފައިވަނީ ރޭ ދަންވަރު 2:30 އެހާއިރު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ށެވެ.


އިއްޔެވެސް މެންދުރު ޣިޔާސުއްދީން ސްކޫލް ކައިރީގައި ހިންގި މާރަމާރީއެއްގައި ވެސް އުމުރުން 26 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލާފަ ވާ އިރު ރޭ ފިހާރަ އަކުން ވަޅި ތަކެއް ގަތުމަށް ފަހު، ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބައި ފުލުހުން ފެނުމުން، ފިލަން މަސައްކަތް ކުރި ނަމަވެސް ވަޅިތަކާ އެކު އެ 5 މީހުން ވެސް ވަނީ ހައްޔަރު ކޮށްފައިވާ އެވެ.

އަނެއްކާ ވެސް މި ދުވަސް ވަރަކީ މާލެގައި ގިނަ އަދަދަކައް މާރާމާރީ ހިންގާ ދުވަސް ވަރެކެވެ.
މިއަދު އޮންލައިން