މާރާމާރީތަށް ހުއްޓުވައި ރާއްޖެ އަމާން ތަނަކަށް ހަދައިދޭނަން: އިންތިޚާބީ ރައީސް ޞާލިޙް

ކިޔުމަށް ހޭދަވާނީ 57ސ
މާރާމާރީތަށް ހުއްޓުވައި ރާއްޖެ އަމާން ތަނަކަށް ހަދައިދޭނަން: އިންތިޚާބީ ރައީސް ޞާލިޙް


މާރާމާތަކާއި މީހުން މެރުން ހުއްޓުވައި ރާއްޖެ އަމާން ތަނަކަށް ހައްދަވައި ދެއްވާނެކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރޭގެ ވަޤުތެއްގައި ސާދަ އަހަރުގެ ކުޑަފިރިހެން ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލާފައިވާއިރު، އިންތިޙާބީ ރައީސް ސޯލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ނުރައްކާތެރި މާރާމާރީ އިތުރުވެ، ކުޑަކުދިން މާލެ މަގުމަތީ މަރާލުމުން ކަންކަން ފާލުން ނެއްޓިފައިވާ މިންވަރު ދައްކުވައިދޭ ކަމަށެވެ.

''އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށް ރާއްޖެއަކީ އަމާން ތަނަކަށް ހަދާނަން''ޞާލިޙްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިދުވަސްވަރު ޙާއްސަކޮށް މަލޭގައި ލޭ އޮހޮރުވުން ގިނަވެފައި ވާއިރު، ފުލުހުން ވަނީ ގޭންގު ކުށްތައް ހުއްޓުވުމަށް ޙާއްސަ އޮޕަރެޝަނެއް ފަށާފައެވެ.
މިއަދު އޮންލައިން