13 މަސް ފަހުން ނަމަވެސް އިންޞާފު ލިބެން އުޅޭކަން ޔަޤީންކުރެވޭތީ އުފާކުރަން: މެންބަރު ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
13 މަސް ފަހުން ނަމަވެސް އިންޞާފު ލިބެން އުޅޭކަން ޔަޤީންކުރެވޭތީ އުފާކުރަން: މެންބަރު ޢަބްދުﷲ

13 މަސް ދުވަސް ފަހުން ނަމަވެސް އިންޞާފު ލިބެން އުޅޭކަން ޔަޤީންކުރެވޭތީ އުފާކުރައްވާ ކަމަށް ތިނަދޫ ދެކުނުދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު ވިދާޅުވެއޖެއެވެ.

ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑއަޅާފައިވާ 12 މެންބަރުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަބްދުﷲ އަޙްމަދު ސްޕރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ސްޕރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.

ޝަރީޢަތުގެ މަޖިލީހުން ނުކުމެވަޑައިގެން ޢަބްދުﷲ ވިދާޅުވީ ޕީޕީއެމުން ވަކިވެވަޑައިގަތުމަށް އޭނާ ވާނީ 10 ޖުލައި 2017ގައި ޕީޕީއެމްގައި އެދިވަޑައިގެންފައި ކަމަށެވެ. އެހެންކްމުން 13 ޖުލައިގައި ސްޕްރީމް ކޯޓުން ނިންމި ނިންމުމަކާއި ގުޅިގެން އޭނާގެ ގޮނޑި ގެއްލެންވީ އެއްވެސް ސަބަބެއް ނެތްކަން 4 މެންބަރުންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ޙުކުމްތަކުންވެސް ވަރަށް ސާފު ކަމަށެވެ.

ޢަބްދުﷲ ވިދާޅުވީ މިއަދު ކޯޓުތަކުންވެސް ފެންނަމުން މިދަނީ މިހައިތަނަށް ނުބަލައި ބަހައްޓާފައި ހުރި މައްސަލަތައް ބަލައި އިންޞާފުގެ މަގަށް ދަތުރުކުރަމުން ގެންދާތަން ކަމަށާއި އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.

"މިވީ 1 އަހަރާ 1 މަހާ 1 ދުވަސް. ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި އެއްވެސް މަސައްކަތެއް ނުކުރެވި ހުންނަން ޖެހިފައިވާތާ. އިތާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އިންޞާފު ލިބިގެންދާނެ." ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޢަބްދުﷲ ވިދާޅުވިއެވެ.
މިއަދު އޮންލައިން