އައިޝަތު ނަހުލާގެ ދިފާއުގައި ރައީސް ނަޝީދު- "ސިޔާސީ ފުރުސަތެއް ވެސް ފުރިހަމައަށް ލިބެން ޖެހޭނެ"

ކިޔުމަށް ހޭދަވާނީ 1މ 15ސ
އައިޝަތު ނަހުލާގެ ދިފާއުގައި ރައީސް ނަޝީދު- "ސިޔާސީ ފުރުސަތެއް ވެސް ފުރިހަމައަށް ލިބެން ޖެހޭނެ"
ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ އަށް މީސްމީޑިއާގައި ފާޑު ކިޔަމުންދާތީ، އެކަމަނާގެ ދިފާއުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނިކުމެ ވަޑައިގެން އެއަމަލު ކުށްވެރި ކުރައްވައިފިއެވެ.

ސިޔާސީ މައިދާނަށް ވަރަށް ފަހުން ނިކުމެ ވަޑައިގެން، އިސްލާހީ މަސައްކަތުގައި އުޅުއްވާ އަދި އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ކެމްޕޭނުގައި ވެސް ބައިވެރިވެ ވަޑައިގަތް އައިޝަތު ނަހުލާ، ކޯލިޝަން ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަންނަވާނެކަމުގެ ތުހުމަތާއެކު އޭނާގެ ޒާތީ ކަންކަމާއި ވެސް ގުޅުވާ، މީސްމީޑިއާގައި ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އައިޝަތު ނަހުލާއަށް ކުރިމަތި ކުރަމުންދާ ފުރައްސާރަތަކާއި ދެކޮޅަށް ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނާއި ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ދައްކަމުންދާ ދަށުދަރަޖައިގެ ވާހަކަތައް އެއްގޮތަކަށް ވެސް ބަލައި ނުގަނެވޭނެ ކަމަށާއި އެބޭފުޅާއަކީ ވެސް ހުރިހާ ސިޔާސީ ފުރުސަތެއް އަދި ހުރިހާ އެންމެހާ ޙައްޤުތައް ފުރިހަމައަށް ލިބިވަޑައިގަންނަވަން ޖެހޭނެ ބޭފުޅެއް ކަމަށެވެ.



މިއަދު އޮންލައިން