އެފަދަ ތުހުމަތުތައް ކުރާ މީހުން ބުނަނީ ފްލެޓް ހޯދަން ފޯމްލަންވެސް އެކަށީގެންވާ ފުރުޞަތެއް ދީފައިވާއިރު އެހައި ހެޔޮ އަގުގައި ގޯތި ވިއްކާއިރު ގިނަ ބައަކަށް ފުރުޞަތު ނުލިބޭ ގޮތަށް އަވަސް އަރުވާލައިގެން ކަންކުރުމުން އެކަމުގައި ފޮރުވިފައިވާ ސިއްރުތަކެއް އޮތްކަމަށް ޤަބޫލުކުރާ ކަމަށެވެ.
"އެއީ ހުޅުދެލީ އަލިފުޅު ބުރުނީ ފަތްމިނި ކަމަނާ ގޮވައިގެން ދަތުރުކުރަނިކޮށް ކަނޑުން ތިލަވިކަމަށް ވާހަކައިގައި އެބުނާ މާވަރު ގޮތަށް ތިލަވެ ހިކުނު ބިމެއް ނޫން. ބިން ހިއްކާފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ. ބިން ޕްލޭންކޮށް އެތައް މަޝްރޫޢުތަކެއް ވެސް ގެންދަނީ ހަމަ އެބިމުގއި ހިންގަމުން. ހަމަ އެންމެ މީހަކަށްވެސް ގޯތިގަނޑެއް ކަނޑައިދިނީއެއް ނޫން. ދެން ހަމަ ކުއްލިއަކަށް މާހެޔޮ އަގެއްގައި ގޯތި ތަކެއް ތަބަކަކަށް ލައިގެން ނުކުމެ މީހުންނާ ހަވާލު ނުކުރެވިގެން ދެފައިގައި ރެވިތެޔޮ ވަށައިގެން ދުވެ ތެޅި ފޮޅޭތަން މިފެންނަނީ."
"ފްލެޓް ފޯމްތައް ދިރާސާކޮށްލީވެސް މެޝިނަކުންހެން ހީވަނީ. އިންސާނުން ފޯމު ބަލައި މައުލޫމާތު ޗެކުކޮށްގެން ކަމެއް ކުރެވޭ ވަރަށްވުރެ މާބާރު ސްޕީޑްގައި، ރައީސް ޔާމީނު ވިދާޅުވާ ރޮކެޓް ސްޕީޑްގަ ޗެކުކޮށް ނިންމައިލީ. އެހެންވެ ޝަކުވާ ފޯމުތައް ހިފައިގެން މީހުން ކޮޅުކޮޅަށް އެދުވަނީ."
މިކަންކަމަށް ކަންބޮޑުވާ ރައްޔިތުން ތިބިއިރު ޝައިޚް ޢަލީ ޒައިދުވެސް ވަނީ ޙައްޤު މީހުންނަށް ނުދީ ފާޑުފާޑުގެ ލިސްޓްތަކަށް ފްލެޓްތައް ބަހައިލި ހަރުކަށި އަދަބުދޭންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ހައުސިންގ މިނިސްޓްރީގެ ފްލެޓްތަކަށް އެޕްލައިކޮށްކޮށް ވަރުބަލިވެއްޖެ. ދުވަހަކުވެސް މިނިސްޓްރީގެ ފްލެޓެއް ނުލިބޭ. ޕޮއިންޓްވެސް ދީފައިވަނީ ނުބައިކޮށް. ޙައްޤު މީހުން ބަހައްޓާފައި ފާޑުފާޑުގެ ލިސްޓްތަކަށް ފްލެޓްތައް ބަހައިލި ވާހަކައަކީ ތެދެއްނަމަ އެބައަކަށް ހަރުކަށި އަދަބުދޭންޖެހޭނެ."
ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު ހުޅުމާލެއިން އެންމެފަހުން ފްލެޓްތައް ދިނުމުގައި އިންޞާފުވެރިނޫންކަން ވަނީ އެތައް ގޮތަކުން ސާބިތުވެފައެވެ.
alhugandu housing ministry ge flat thakah apply koh koh varubali vejje! duvahakuves e ministry ge flat eh nulibey! point ves deefaivanee nubaikoh. haggu meehun bahattaafai faadu faaduge list thakah flat thah bahaali vaahaka akee thedheh nama, ebayakah harukashi adab deyn jeheyne!
— Ali Zaid (@alizaid1000) October 11, 2018