ރައީސް ޔާމީން ހުށަހެޅުއްވީ ބޭއްވުނު ރިޔާސީ އިންތިހާބު ބާތިލު ކުރަން

ކިޔުމަށް ހޭދަވާނީ 54ސ
ރައީސް ޔާމީން ހުށަހެޅުއްވީ ބޭއްވުނު ރިޔާސީ އިންތިހާބު ބާތިލު ކުރަން
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ސުޕްރީމް ކޯޓަށް ހުށަހެޅީ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖޭގެ އެންމެ މަތީކޯޓު ކަމުގައިވާ ސުޕްރީމް ކޯޓަށް ރައީސް ޔާމީން އިއްޔެ ހުސަހެޅުއްވި ދުސްތޫރީ މައްސަލަ އެކޯޓުން ރޭ ގެ ވަގުތެއްގައި ވަނީ ބަލައިގެންފައެވެ. މިމައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ހެނދުނު ބާއްވާފައިވާއިރު އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 އަށް، ލިޔުމަކުން ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސުޕްރީމް ކޯޓުން ވަނީ މިއަދުގެ އަޑުއެހުމުގައި އަންގާފައެވެ.

އިންތިހާބު ބަތިލު ކުރުމަށް ރައީސް ޔާމީން ހުށަހަޅާފައިވާއިރު، ކޯޓުގައި ދޮގު ހެކި ދިނުމަށް އެދި ޕީޕީއެމް ގެ އިސް ބައެއް ބޭފުޅުން އެމް.ސެވަން އަށް ރިޝްވަތު ހުށަހެޅިކަމަށް، އެމް.ސެވަން އިން ވަނީ މިއަދު ބުނެފައެވެ. އެމް.ސެވަން އިން ބުނިގޮތުގައި ރިޝްވަތު ހުށަހެޅީ އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާހުގައި މައްސަލައެއް އުޅޭނެކަމަށް ކޯޓުގައި ބުނެދިނުމަށް އެދިއެވެ.
މިއަދު އޮންލައިން