އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމާއި ޚިލާފަށް ޚިލާފަށް ހުޅުމާލެއިން ގޯތި ދޫކުރުމުގެ މަަސައްކަތް ކުރިއަށް ގެންދާނަމަ، ކޯޓު އަމުރެއްގެ ދަށުން އެމަސައްކަތް ހުއްޓުވަން ޖެހިދާނެ ކަމުގެ އިންޒާރު އޭސީސީން މިއަދު ހައުސިން މިނިސްޓްރީ އަށް ދީފިއެވެ.
މިކަމާއި ގުޅޭގޮތުން އެކޮމިޝަންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހައުސިން މިނިސްޓްރީން އަލުން ގޯތި ދޫކުރުމުގެ މަސައްކަތް ފެށި އިރުވެސް އޭސީސީގެ އެންގުންތަކަށް އަމަލު ކޮށްފައިނުވާތީ އެއެންގުންތަކާއި ޚިލާފު ނުވުމަށް ހައުސިން މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެންގި އެންގުންތަކާއި ޚިލާފަށް އެކަން ކުރިއަށް ގެންދާ ކަމުގެ ޝަކުވާ ލިބިގެން އަޅުގަނޑުމެން އަލުން އެކަން ހިނގާ ގޮތް ބެލީ. ބެލި ބެލުމުން އަލުގަނޑުމެން އެންގި ގޮތާ ފުށޫއަރާކަންކަން ކުރަމުންދާތީ އެކަން ރަނގަޅުކުުރުމަށް މިއެންގީ" އެންޓި ކޮރަޕްޝަން ކޮމިޝަންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.