އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ!

ކިޔުމަށް ހޭދަވާނީ 40ސ
އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ!
އިނޑޮނޭޝިއާގެ ދެ ސަރަހައްދަކަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ރިޕޯޓުތަށް ބުނާގޮތުން ބިންހެލުން އައިސްފައިވަނާ އިންޑޮނީޝިއާގެ ޖަވާ އާއި ބާލީ އަށެވެ.

ރެކްޓަރ މިންގަނޑުން 6 ގެ ބާރުމިނުގައި އައި ބިންހެލުމުގައި މިހާތަނަށް ވަނީ ތިން މީހުން މަރުވެފައެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުތަށް ބުނެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު އިންޑޮނީޝިއާގެ ސުލަވެސީ އަށް 7.5 ގެ ބާރު މިނުގައި ވަނީ ބިންހެލުމެއް އައިސްފައެވެ. 2،000 މީހުން މަރުވެ 5،000 އަށް ވުރެ ގިނަ މީހުން ގެއްލިފަ އެވެ. އެ ބިންހެލުމަށް ފަހު ވަނީ ސުނާމީއެއް ވެސް އަރާފައި އެވެ.

ނޭޝަނަލް ޑިޒާސްޓާ އެޖެންސީން ބުނީ ބިންހެލުމުގައި އީސްޓް ޖާވާ އިން މީހުން މަރުވެފައި ވަނީ ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން ކަމަށެވެ.

މިއަދު އޮންލައިން