ޑިމޮކްރަސީއަށް ގެއްލުންވާނެކަމެއް ނުކުރަން އެމެރިކާއިން، ދިވެހި ސަރުކާރަށް އިންޒާރެއް!

ކިޔުމަށް ހޭދަވާނީ 1މ 11ސ
ޑިމޮކްރަސީއަށް ގެއްލުންވާނެކަމެއް ނުކުރަން އެމެރިކާއިން، ދިވެހި ސަރުކާރަށް އިންޒާރެއް!
ޑިމޮކްރަސީއަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް ނުކުރަން ގޮވާލައި އެމެރިކާއިން ދިވެހި ސަރުކާރަށްވަރުގަދަ އިންޒާރެއް ދީފި އެވެ.

ދަ އިންޑައިން އެކްސްޕްރެސްއިން މިއަދު ރިޕޯޓުކޮށްފައި ވާގޮތުން، ޑިމޮކްރަސީ އަށް ގެއްލުން ލިބޭ ގޮތަށް ކަންތައް ކުރާ ނަމަ އެކަށީގެންވާ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވަނީ، އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގެ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިޔާ އެލިސް ވެލްސް ރާއްޖެ އަށް ވަޑައިގެން ސިޔާސީ ލީޑަރުންނާއި ސަރުކާރުގެ އޮފިޝަލުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރޭން ކަމަށެވެ.

އެމެރިކާގެ އިސް ޑިޕްލޮމެޓް މިދިޔަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގެން، ސިޔާސީ އިސް ބޭފުޅުންނާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފައިވެ އެވެ. މީގެ އިތުރުން، މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިޙް އާ ވެސް ބައްދަލުކުރައްވާފައި ވެ އެވެ.

އެމެރިކާއިން މިފަދަ ވަރުގަދަ އިންޒާރެއް ދީފައިވާއިރު، 23 ސެޕްޓެމްބަރުގައި ނިމިދިޔަ އިންތިޙާބު ބާތިލުކުރުމަށް އެދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދު ﷲ ޔާމިން، އިއްޔެ ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާފައިވާކަން ފާހަގަކޮށްލެވެއެވެ.

.

މިއަދު އޮންލައިން