އެމް 7ގެ މުވައްޒިފުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި މަރުގެ އިންޒާރުވެސް އަތުވެއްޖެ ކަމަށް އެމް7 ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
މުޙައްމަދު ޢަބްދުއްސައްތާރު ވީޓީވީއަށް ދެއްވި އިންޓަރވިޔުއިން:
"ފޯނުކޮށްގެންނާ ބައްދަލުކޮށްގެންނާ ފޭސްބުކް މެދުވެރިކޮށް ފާއިތުވި 15 ޗަރަކަށް ދުވަހު ވަނީ މައްސަލަތަކެއް ކުރިމަތިކުރުވާފަ. ފުލުހުންނަށް މައްސަލަ ހުށަހެޅީ އެ މައްސަލަތައް ބޮޑުވެގެން."
"އެއިގެ ތެރޭގަ ދިވެހި ރުފިޔާއިން އެޑްވާންސްކޮށް ވެސް ފައިސާ ވަނީ ހުށަހަޅާފަ. މައްސަލަ ނިމުނީމަ ދިނުމަށް ވެސް ވަނީ ހުށަހަޅާފަ. ރިޝަވަތު ހުށަހަޅާނީ އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ނޫންތޯ؟"
"މިއީ ފާއިތުވި 50 އަހަރުތެރޭގަ އެން ބޮޑަށް ބެލެހެއްޓިގެން ވޯޓު ކަރުދާސް ޗާޕުކުރި ފަހަރު. މީގެ ކުރިން ކަންކަން ބަލަހައްޓަނީ ވަކި ސަރަހައްދުތަކެއްގަ ތިބެގެން. މިފަހަރު މެޝިންތަކުގެ އެންމެ ކައިރިއަށްވެސް އެކްސެސް ވެވޭނެ. އެކްސެސް ނުވެވޭ އެއްވެސް ސަރަހައްދެއް ނޯންނާނެ. ވޯޓުލާން ބޭނުންކުރި ކަރުދާސްތައް ޗާޕުކުރީ ފުލުހުންގެ ހާޒިރުގަ، އެތައް ބައެއްގެ ކުރިމަތީގަ."
"2 ގަޑިން 2 ގަޑިން ޑިޔުޓީ ބަދަލުކުރަމުން ގެންދިއައީ. މިކަންކަމާ ގުޅޭ މައުލޫމާތު ތަހުގީގީ އިދާރާތަކުން ލިބޭނެ ކަމަށް އަޅުގަނޑު ދެކެނީ. ބަޔާން ނަގަން އަޅުގަނޑުމެންގެ މުވައްޒިފުންނާ ހަމައަށް އަންނަން ޖެހެންވީ ސަބަބެއް އެއްވެސް އުޞޫލަކުން އަޅުގަނޑު ހިތަކުން ނޯންނާނެ."
"އަޅުގަނޑުމެން މިގެންދަނީ ހުރިހާ ނޫސްތަކަށް މައުލޫމާތު ދެމުން. މިދަންނަވަނީ ވޯޓު ކަރުދާސް ކޮޕީއެއް ނުކުރެވޭނެއޭ. ކަމާއިބެހޭ މުއައްސަސާތަކުން ހަމަ ތަޙްޤީޤްތައް ކުރިއަށް ގެންދަންވީ. ހުރިހާ އެއްބާރުލުމެއްވެސް ދޭނަން."
"އެއްގޮޅިން އަނެއްގޮޅިއަށް ފާހަގަ ދުވާ ޓެކްނޮލޮޖީއެއް އަދި ދުނިޔެއަކު ނެތް. ހުރިކަން އެނގިފައެއްވެސް ނެތް. މިއީ ދައްކާ ވަރަށް ދެކޮޅު ނުޖެހޭ ވާހަކަތަކެއް. ވޯޓު ކަރުދާހުގެ ސަބަބުން ވޯޓުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަޤީންކަން ދެން. ވޯޓުގެ ނަތީޖާ އައިސްފައިވާނީ ވޯޓުގައި ފާހަގަ ޖެހި ގޮޅިން. ޖަހާ ފާހަގަ އެހެން ގޮޅިއަކަށް ބަދަލުނުވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެން ދެން ރައްޔިތުންނަށް."
މުޙައްމަދު ޢަބްދުއްސައްތާރު ވަނީ މައްސަލަ ހުށަހެޅުމާއިއެކު ފުލުހުންގެ މުއައްސަސާއިން ތަނާއި މުވައްޒިފުންނަށް ރައްކައުތެރިކަން ފޯރުކޮށްދިނުމަށް ކޮށްދެމުން ގެންދާ ކަންކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
ސައްތާރު އިންޓަރވިޔު (ވީޑިއޯ):