ބޮން ގޮއްވަން އުޅުންކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހަކު ދޫކޮށްލައިފި

ކިޔުމަށް ހޭދަވާނީ 30ސ
ބޮން ގޮއްވަން އުޅުންކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހަކު ދޫކޮށްލައިފި
މާލޭގައި ބޮން ގޮއްވަން އުޅުންކަމުގެ ތުހުމަތުގައި މިދިޔަ 2017 ވަނަ އަހަރުގެ ފަހުކޮޅި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން ވަނީ އެހަތަރު މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން މީގެ ކުރިން އަމުރު ކޮށްފައެވެ. އެނގިފައިވާ ގޮތުގައި އެ ދެ މީހުން ކޯޓުން ދޫކޮށްލީ އެމީހުންގެ ސިއްހީ ހާލަތަށް ބަލާފައެވެ.

މިމައްސަލައިގައި ހައްޔަރު ކުރެވުނު ދެ މީހަކު ދޫކޮށްލަން އަމުރު ކުރުމުން އެމީހުން ދުކޮށްލާފައިވާ ކަމަށް ފުލުހުން ވެސް ވަނީ ޔަގީންކަން ދީފައެވެ.
މިއަދު އޮންލައިން