ގޯތި ލިބޭތޯ މަސައްކަތްކުރި ރައްޔިތުން ހަފުސްކޮށްލުމަށްފަހު ގޯތި ވިއްކުމުގެ ހުރިހާ ކަމެއް އެޗްޑީސީއަށް ބަދަލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ގޯތި ލިބޭތޯ މަސައްކަތްކުރި ރައްޔިތުން ހަފުސްކޮށްލުމަށްފަހު ގޯތި ވިއްކުމުގެ ހުރިހާ ކަމެއް އެޗްޑީސީއަށް ބަދަލުކޮށްފި
ހުޅުމާލެއިން އިންތިހާއަށް ހެޔޮ އަގުގައި 400 ގޯތި ވިއްކަން ހައުސިންގ މިނިސްޓްރީން އިއުލާނުކުރުމުން އެކަމަށް ކުރިމަތިލި އެތައް ސަތޭކަ ބައަކު ހަފުސްވިފަހުން ގޯތި ދޫކުރުމުގެ ހުރިހާ ކަމެއް އެޗްޑީސީއަށް ބަދަލުކޮށްފިއެވެ.

ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކިޔޫގައި ބައެއް މީހުން 1 ދުވަހު ވެސް ތިބެފައިވާ ކަމަށާއި އަވީގައާއި ވާރޭގައި މިހައިގިނައިރު ރައްޔިތުން ތިބެންޖެހޭތީ އެކަމަށް ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ މިބަދަލު ގެނައިއިރު 5100 ވަރަކަށް ފޯމް އެމިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމުތައް އެޗްޑީސީ އާއި ޙަވާލުކުރައްވާނެ ކަމަށެވެ. އަދި އެޗްޑީސީ އިން ފޯމު ބަލައިގަންނަން ފަށާނީ މިހާރު ހައުސިންގ މިނިސްޓްރީން ދޫކޮށްފައިވާ ނަމްބަރުތަކުގެ ތަރުތީބުން ކަމަށާއި އެ ނަމްބަރުތައް ބާޠިލު ނުވާނެ ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ މުއްދަތު ކުރިން ހަމަޖައްސާފައި އޮތީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ނަމަވެސް މިބަދަލާއިއެކު އިތުރު މުއްދަތު ލިބިގެންދާނެ ކަމަށެވެ.
މިއަދު އޮންލައިން