މާރާމާރީތަކާއި ސިޔާސީ ފަރާތްތަކާ އެއްވެސް ގުޅުމެއް ނެތް: ފުލުހުން

ކިޔުމަށް ހޭދަވާނީ 51ސ
މާރާމާރީތަކާއި ސިޔާސީ ފަރާތްތަކާ އެއްވެސް ގުޅުމެއް ނެތް: ފުލުހުން
ރާއްޖޭގައި މިހާރު ހިނގަމުންދާ މާރާމާރީތަކާއި ސިޔާސީ އެއްވެސް ފަރާތަކާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ފުލުހުން ބުނެފިއެވެ.

މިއަދު މެންދުރު އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްކޮންފެރެންސެއްގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ޗީފް ސްޕޯކްސްޕާސަން އަދި ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ރާއްޖޭގައި މިދިޔަ ދުވަސްތަކުގައި ހިންގި މާރާމާރީގައި ގުޅިގެން 32 މީހަކު ފުލުހުންގެ ދަށަށް ގެނެސް ތަހުގީގު ކުރަމުންދާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެތަހުގީގުގެ ތެރޭގައި މިމާރާމާރީތަކަކީ އެއްވެސް ސިޔާސީ ފަރާތަކާއި ގުޅުން އޮވެގެން ހިނގާކަމެއް ނޫންކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

މާރާމާރީތަކާއި ގުޅޭގޮތުން މީގެއިތުރުން ޝިފާން ވިދާޅުވީ މާރާމާރީގެ މައްސަލަތައް ބަލައި ހުއްޓުވަން ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި މިފަހުން 32 މީހަކު ހައްޔަރު ކުރިކަމަށާއި އޭގެ ތެރޭގައި 17 މީހަކު އަދިވެސް ފުލުހުންގެ ހައްޔަރުގައި އެބަތިބި ކަމަށެވެ. އޭގެތެރޭގައި 18 އަހަރު ނުފުރޭ ތިން ކުދިން ހިމެނޭ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
މިއަދު އޮންލައިން