އައްޑޫ މާރާމާރީގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު މިހާރު ސްޓޭބަލް

ކިޔުމަށް ހޭދަވާނީ 41ސ
އައްޑޫ މާރާމާރީގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު މިހާރު ސްޓޭބަލް
އައްޑުސިޓީ މަރަދޫގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި، ތޫނު އެއްޗަކުން ހަަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލި ޒުވާނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

މިމާރާމާރީގައި ޒަޚަމްކޮށްލާފައިވަނީ އައްޑޫ ސިޓީ މަރަދޫ ބޯޅަދަނޑިގޭ މުޙައްމަދު އީވާން (22އ.) އެވެ.

އެނގިފައިވާ ގޮތުގައި އީވާން އަދިވެސް އޮތީ އައިޖީއެމްއެޗްގެ އައިސީޔޫ ގައެވެ. ނަމަވެސް ކުރިއަށްވުރެ މިހާރު އޭނާގެ ހާލު ވަރަށް ބޮޑަށް ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

އީވާންގެ ކަރާއި ބުރަކައްޓާއި ބޮލަށް ހަމަލާދިނުމުގެ ސަބަބުން ފުއްޕާމެއަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫ ގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ހަމަ އެރޭ ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެވިފައެވެ.
މިއަދު އޮންލައިން