ޤާސިމް އިބްރާހީމްއަށާއި އެމަނިކުފާނުގެ ޢާއިލާއަށް އަދި ކޯލިޝަނުގެ އިސް ބޭފުޅުންނަށް އދ. މާމިގިލިން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
މިއީ އެމަނިކުފާނުގެ މައްޗަށް ޙުކުމް އިއްވިފަހުން މާމިގިއްޔަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެހެންކަމުން އަމިއްލަފުޅު ރަށަށް މިއަދު އެމަނިކުފާނު ވަޑައިގަތީ 14 މަސްދުވަސް ފަހުންނެވެ.
ޤާސިމް އިބްރާހީމް އާއި އެމަނިކުފާނުގެ ޢާއިލާ އަދި ކޯލިޝަނުގެ އިސް ބޭފުޅުންގެ ޝަރަފުގައި މާމިގިލީ ރައްޔިތުންގެ ފަރާތުން މިރޭ ޚާއްޞަ ޖާފަތެއް އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މަރުޙަބާ ދެންނެވުން (ވީޑިއޯ):