ގާސިމް އިބްރާހިމް ޖަލަށް ލުމަށް، ޣައިރު ހާޒިރުގައި ހުކުމް ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ދައުލަތުން އެއްބަސްވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ގާސިމް އިބްރާހިމް ޖަލަށް ލުމަށް، ޣައިރު ހާޒިރުގައި ހުކުމް ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ދައުލަތުން އެއްބަސްވެއްޖެ
ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ޖަލަށް ލުމަށް، ޣައިރު ހާޒިރުގައި ހުކުމް ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ދައުލަތުން އެއްބަސްވެއްޖެއެވެ.

ހައި ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ގާސިމްގެ ޣައިރު ހާޒިރުގައި އެ މައްސަލަ ދަށު ކޯޓުގައި ގެންދިއުން ގޯސް ކަމަށް ދައުލަތުން ހައި ކޯޓުގައި އެއްބަސްވީ ގާސިމްގެ ފަރާތުން ހައި ކޯޓުގައި އެކަން ފާހަގަ ކުރުމުންނެވެ.

ދައުލަތުގެ ވަކީލާ ނިއުމާ މުހައްމަދު ވިދާޅުވީ ގާސިމްގެ މައްޗަށް ޣައިރު ހާޒިރުގައި ހުކުމް ކުރުމުގެ ކުރިން ޣައިރު ހާޒިރުގައި ހުކުމެއް ކުރިކަން އެނގިފައި ނެތް ކަމަށާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ބަލާއިރު ވެސް ޣައިރު ހާޒިރުގައި އެ ގޮތަށް މައްސަލަ ނިންމޭނެ ކަމަށް ބުނެފައި ނެތް ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުން ހައި ކޯޓުގައި ދައުލަތުން އެދެނީ ކޮން ގޮތަކަށްތޯ ސުވާލު ކުރެއްވުމުން ނިއުމާ ވިދާޅުވީ ދައުލަތުން އެދެނީ "އަދުލުވެރި، އިންސާފުވެރި ހުކުމެއް އިއްވައި ދިނުމަށް" ކަމަށެވެ.

ދައުލަތުގެ ވަކީލު ނިއުމާގެ އެ ވާހަކަތަކާ ގުޅިގެން ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ގާސިމްގެ ފަރާތުން ފާހަގަކުރި އެންމެ މުހިންމު ނުކުތާ އަށް ދައުލަތުން އެއްބަސްވީ ކަމަށާއި އެހެންވެ އިތުރަށް ދައްކަން ބޭނުންވާ ވާހަކައެއް ނެތް ކަމަށެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލް ކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމުނީ ކަމަށާއި އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

މިއަދު އޮންލައިން