އަބްދުﷲ ރިޔާޒު ގާސިމް އިބްރާހީމްގެ އެޑްވައިޒަރަކަށް ހަމަޖައްސައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އަބްދުﷲ ރިޔާޒު ގާސިމް އިބްރާހީމްގެ އެޑްވައިޒަރަކަށް ހަމަޖައްސައިފި
ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު އެޕާތީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ހަމަޖައްސައިފިއެވެ.

ގާސިމްގެ އެޑްވައިޒަރަކަށް ރިޔާޒު ހަމަޖެއްސީ މިއަދުއެވެ.

ރިޔާޒު އާއި އެކު ގާސިމްގެ އެޑްވައިޒަރުންގެ މަގާމުގައި މިހާރު ތިއްބަވަނީ ތިންބޭފުޅުންނެވެ. އޭގެތެރޭގައި ހިމެނެނީ ރިޔާޒުގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

ޕާޓީގެ ލީޑަރު އެޑްވައިޒަރުންނަކީ ޕާޓީ ތަރައްގީކޮށް ކުރިއެރުވުމާއި ޕާޓީއަށް ސިޔާސީ ކުރިއެރުން ހޯދުމުގައި ޕާޓީގެ ލީޑަރަށް ބޭނުންވާ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދީ އަދި މަގާމުގެ ހައިސިއްޔަތުން ޕާޓީގެ ކައުންސިލްގައިވެސް ހިމެނިވަޑަައިގަންނަވާ ބޭފުޅުންކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން