134705 މީހުން ވޯޓު ދިނީ އިންޞާފަށް - އެ ވޯޓު ނާއިންޞާފުން ''ފޭރިގަންނަތަން'' ބަލަން ރައްޔިތުން ތިބެގެން ނުވާނެ: ހަސަން ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
134705 މީހުން ވޯޓު ދިނީ އިންޞާފަށް - އެ ވޯޓު ނާއިންޞާފުން ''ފޭރިގަންނަތަން'' ބަލަން ރައްޔިތުން ތިބެގެން ނުވާނެ: ހަސަން ލަޠީފް
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 134705 މީހުން ވޯޓު ދީފައިވަނީ އިންޞާފަށް ކަމަށާއި އެ ވޯޓު ނާއިންޞާފުން "ފޭރިގަންނަތަން" ބަލަން ރައްޔިތުން ތިބެގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕަރސަން ހަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ޙަސަން ލަޠީފް މިރޭ ވިދާޅުވީ މައްސަލަ އޮތީ ސްޕްރީމް ކޯޓުގައި ކަމަށާއި މައްސަލަ ކޮންމެ ގޮތަކަށްވެސް ނިމިދާނެ ކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގައި އިންޞާފު ޤާއިމުކުރަން ބޭނުންވެގެން ވޯޓުދިން ރައްޔިތުން "ނާއިންޞާފުން ފޭރިގަންނަން ދޫކޮށްލާނެ ކަމެއް ނޫން ކަމަށެވެ.

ޙަސަން ލަޠީފް ވިދާޅުވީ ރައްޔިތުންގެ ނިންމުން ވަރަށް ސާފުކަމަށާއި ސްޕރީމް ކޯޓަށްވެސް އެކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. އެހެންކަމުން ސްޕްރީމް ކޯޓުން ނިންމާނީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކުރުމާއިއެކުގައި ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޙަސަން ލަޠީފް މިރޭ ވެސް ވިދާޅުވީ ފެށޭ ވެރިކަމުގެ ދައުރު ނިމެންދެން ވެސް ކޯލިޝަނުގެ މެދުގައި ބަދަހި ގުޅުމެއް އޮންނާނެ ކަމަށެވެ. އަދި މަސައްކަތް ކުރާނީ ރައްޔިތުންނަށް ކުރިމަތިވެފައިމިވާ މުޞީބާތްތަކުން ރައްޔިތުން ސަލާމަތްކޮށްދިނުމަށް ކަމަށެވެ.
މިއަދު އޮންލައިން