ކުރީގެ ރައީސް މައުމޫން އަބްދުލްްަޤައްޔޫމްގެ ފަރާތްޕުޅުން އެމަނިކުފާނުގެދަރިކަނބަލުން ކަމަށްވާ ދުންޔާ މައުމޫން، އިންޑިއާގެ ބައެއް އިސްވެރިންނާއެކު މަޝްވަރާ ކުރެއްވުމަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ހަފްތާ ބަންދުގައި ކުރުމަށް ހަމަޖެހިފައިވާ މިދަރުތުފުޅާ ގުޅޭގޮތުން ޓްވީޓު ކުރައްވަމުން ދުންޔާ ވިދާޅުވީ، ބައްޕާފުޅުގެ އެދިލެއްވުމަކަށް ކުރައްވާ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ނަމަވެސް އެޤައުމުގެ "ޓައިމްސް އޮފް އިންޑިއާ" ނޫހުން ބުނެފައިވަނީ ދުންޔާ ވަޑައިގަންނަވަނީ އިންޑިއާ ސަރުކާރާ މަޝްވަރާ ކުރެއްވުމަށެވެ. މިބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް އެނޫހުގައި ވެސް ލިޔެފައެއް ނުވެއެވެ.