މިއީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކުރައްވާފައިވާ ޓްވީޓެކެވެ.
Dr Adam Shameem aky v gaaiy ekuveri akh eh. Eyna aky evves bayakah nurakkaleh kohfaane fadha beyfulheh noon. Maaiy Allah eyna ashaai aaila ah keiytherikan dhevvaashi. Aameen.
— Dr Mohamed Iyaz (@dr_iyaz) October 12, 2018
ޝައިޚް އާދަމް ޝަމީމް އިންޑިއާއަށް އެތެރެވިއަ ނުދީ އަނބުރާ ފޮނުވާލުން ކުށްވެރިކުރައްވައި ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޝައިޚް އާދަމް ޝަމީމް ހައްޔަރުކޮށް އަނބުރާ ފޮނުވާލަން ޖެހޭނެ އެއްވެސް ޞައްޙަ ސަބަބެއް އޮންނާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި އެކަން ކުރައްވާ ކަމަށެވެ.
ޝައިޚް މުޙައްމަދު އަނީލް ވިދާޅުވީ ޝައިޚް އާދަމް ޝަމީމް އާއިމެދު އިންޑިއާއިން ކަންތައް ކުރިގޮތާއިމެދު ޖަވާބުދާރީވާން އިންޑިއާއަށް ޖެހޭނެ ކަމަށެވެ.
"ޝައިޚް އާދަމް ޝަމީމަކީ ޓެރަރިސްޓެއް ނޫން. އަދި ޓެރަރިޒަމް ޕޮރަމޯޓް ކުރައްވާ ބޭފުޅެއްވެސް ނޫން. ޝައިޚް އާދަމް ޝަމީމަކީ ޞުލްޙަ، އަމާންކަމާއި ކެތްތެރިވުން ޕްރޮމޯޓް ކުރައްވާ ބޭފުޅެއް. ޝައިޚް އާދަމް ޝަމީމަކީ އެއްވެސް މީހަކަށް ހުރި ބިރެއް ނޫން." ކަމަށްވެސް ޝައިޚް އަނީލް ވަނީ ވިދާޅުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ޝައިޚް އާދަމް ޝަމީމް މިއަދު ޓްރިވެންޑަރަމަށް ވަޑައިގަތީ ބައްޕާފުޅުގެ ބޭސްފަރުވާއަކަށް ބޭބޭފުޅާއިވެސް އެކުގައެވެ. ބައްޕާފުޅާއި ބޭބޭފުޅަށް ވަނީ އިންޑިއާއަށް އެތެރެވެވަޑައިގަތުމުގެ ހުއްދަ ދީފައެވެ.
ޝައިޚް ޢާދަމް ޝަމީމް ވަނީ އިމިގްރޭޝަންގެ ބެލުމުގެދަށުގައި ހިފަހައްޓައިފައި ކަމަށާއި އަދި މާދަމާ އަނބުރައި ރާއްޖެ ފޮނުވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
sh.shameem hayyaru koh fonuvaalan jeheyne ehves valid Reason eh onnaane kamakah qabooleh nukurevey! mi kan kuhveri kuran!
— Ali Zaid (@alizaid1000) October 12, 2018
#Sheikh_Adam_Shameem is not a terrorist. Neither does he promote terrorism. He promotes peace and tolerance. He is not a threat to anyone.#istandwithSheikhShameem@EoIMaldives @AkhileshIFS pic.twitter.com/hncv7eoSL6
— Aneel (@mohamed_aneel) October 12, 2018