ބަލިވުމުން އިންތިހާބު ބާތިލް ކުރަން ދިއައީ ލަދުވެތިކަމުގެ އެއްވެސް މިންވަރެއް ނެތްކަމުގެ ޢަލާމާތެއް: ޝެއިހް އިލިޔާސް

ކިޔުމަށް ހޭދަވާނީ 1މ 10ސ
ބަލިވުމުން އިންތިހާބު ބާތިލް ކުރަން ދިއައީ ލަދުވެތިކަމުގެ އެއްވެސް މިންވަރެއް ނެތްކަމުގެ ޢަލާމާތެއް: ޝެއިހް އިލިޔާސް


ރިޔާސީ އިންތިހާބުން ރައީސް އަބްދުﷲ ޔާމީން ބަލިވުމުން އިންތިހާބު ބާތިލް ކުރަން ދިއުމަކީ ލަދުވެތިކަމުގެ އެއްވެސް މިންވަރެއް ނެތްކަމުގެ ޢަލާމާތެއް ކަމަށް ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިހް އިލިޔާސް ވިދާޅުވެއްޖެއެއެވެ.

އިލިޔާސް މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީތެއްގައިއެވެ. އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ރައްޔިތުން ނޫނެކޭ ބުނުމުން، ދުސްތޫރީ މައްސަލައެކޭ ބޮނެ އޮޅުވާލައިގެން ސްޕްރީމް ކޯޓަށް ދިއުމަކީ ލަދުވެތިކަމުގެ އެއްވެސް މިންވަރެއް ނެތްކަމުގެ އަލާމާތެއް ކަމަށެވެ.


ރިޔާސީ އިންތިހާބުގެ ނަތީޖާ ބޮޑުތަނުން ރައީސް ޔާމީން ބަލިވުމުން އެމަނިކުފާނު ވަނީ އެކަން ގަބޫލު ކުރައްވައި ނޮވެމްބަރު 17 ވަނަ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ފަހުން އެމަނިކުފާނުގެ ވާހަކަފުޅުގެ ރާގު ބަދަލުކުރައްވައި އިންތިޙާބްގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ވަނީ، އިންތިޙަބް ބާތިލްކުރުމަށް އެދި ސްޕްރީމް ކޯޓަށް ދުސްތުރީ މައްސަލައެއް ހުށައަޅާފައެވެ.
މިއަދު އޮންލައިން