ރައްޔިތުންގެ ނިންމުން ބޮލާލައި ޖަހައި ގަދަ ބާރުން ވެރިކަމުގައި ނުހުރެވޭނެ ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ އިންޒާރުގެ މެސެޖެއް ދެއްވައިފިއެވެ.
އެގޮތުން މަޙުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުން އިންތިހާބު ކުރި ވެރިމީހާއަށް ރައްޔިތުން ވެރިކަން ހަވާލު ކުރާނޭ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ސަބަބެއް ނެތި ނޫން ކަމަށެވެ. އަދި މިޓްވީޓުގައި މަޙުލޫފު ވަނީ ގެމްބިޔާގެ ރައީސް އިންތިހާބުން ބަލިވުމުން އުޅުނު ގޮތާއި ކަންހިނގި ގޮތުގެ މައްޗަށް މިސާލު ޖައްސަވާފައެވެ.
މީގެ ކުރިންވެސް މަހުލޫފުގެ މިފަދަ ހޫނު އިންޒާރުގެ މެސެޖުތަށް ވަނީކޮށްފައެވެ. އެގޮތުން ދާދިފަހުން ކުރި ޓްވީޓެއްގައި ވަނީ ''ރައްޔިތުންގެ ނިންމުމާއި ނުކުޅޭތި'' މިއީ އޭނާގެ އިހުބަހާއި ފަހުބަސް ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ދަމަހައްޓަން ތައްޔާރަށް ތިބި ފުލުހުންނާއި ސިފައިން ރަނގަޅަށް ކަމަރު ބާރު ކުރުމަށް އެ ޓްވީޓުގައި މަހުލޫފް ވަނީ އެދިލައްވާފައެވެ.
Yameen ge lafuga hifaa dhurukoh rayyithun inthikhaabkuri Raees ah rayyithunge verikan havaalu kuraane ey thakuraarukoh alhugandu midhannavanee bodu sababeh otheema.
— Ahmed Mahloof (@AhmedMahloof) October 13, 2018
Gambia ge Raees ahves jehunee hama ehaalu.
Rayyithunge ninmun bolaalaajahaa gadhabaarun verikamuga nuhureveyne.