ރިޔާޞީ އިންތިޙާބް ބާތިލްކުރަން ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓެއް ނެތް!!

ކިޔުމަށް ހޭދަވާނީ 1މ 12ސ
ރިޔާޞީ އިންތިޙާބް ބާތިލްކުރަން ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓެއް ނެތް!!

ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އިންތިހާބު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލާގައި ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓެއް ހުށަހަޅާފައި ނެތްކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވެފައި ވަނީ އޭނާ ކުރި ޓުވީތެއްގައެވެ. އެ ޓުވީތުގައި ބުނެފައި ވަނީ ރައީސް ޔާމީން އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓެއް ހުށަހަޅާފައި ނުވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ހުށަހަޅާފައި ވަނީ އިންތިހާބީ މަރުކަޒުތަކުގައި ގެންގުޅުނު ކަމަށްބުނާ ލިޔެވޭ އަގޮނޓިއެއް ކަމަށެވެ.

ނަމަވެސް، އާއްމު ގޮތެއްގއަި ސިޔާސީވެރިންނާ ދެކޮޅަށް ހުށައަޅާ މިބާވަތުގެ މައްސަލަތަކުގައި، ފުލުސް އިންޓެލިޖެންސް ރިޕޯޓަށް ވަރަށް ބޮޑަށް ބުރަވެއެވެ.

އީސް ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި ދެލިކޮޕީ ލީކްވެފައިވާއިރު، އެ މައްސަލައިގެ ސީގާ ބުރަވެފައި ވަނީވެސް، އަގޮނޓިއަކާއި ވޯޓް ކަރުދާސް ޕްރިންޓް ކުރި އެމް ސެވަންއާއި މެދު އޮތް ޝަކުވާ ތަކެއްގެ މައްޗަށެވެ.



މިއަދު އޮންލައިން